theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / އޭވިއޭޓަރސް މޯލްޑިވްސް
ހަބަރު
ރާއްޖޭގެ ވައިގެ ސަރަހައްދަށް އިންޑިއާގެ އަސްކަރީ ބޯޓެއް ވަދެފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
15 ޖެނުއަރީ 2026
މާލެ ސިޓީ

ރޭގެ ވަގުތެއްގައި ރާއްޖޭގެ ވައިގެ ސަރަހައްދުގައި އިންޑިއާގެ އަސްކަރީ ބޯޓެއް ހަރަކާތްތެރިވަމުންދިޔަ ކަމަށް އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ރިޕޯޓްކުރާ "އޭވިއޭޓާސް މޯލްޑިވްސް" އިން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަދެ، ހަރަކާތްތެރިވެފައިވާތީ މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ ގޮތަކަށް އިންޑިއާގެ އަސްކަރީ ބޯޓުތައް ރާއްޖޭގެ ސަރަހައްދުގައި އުޅޭއިރު، ރައީސް މުއިއްޒުގެ ސަރުކާރުން މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަޝްރޫއު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް، އެ އެއާޕޯޓުގެ ކޮންޓްރޯލް އިންޑިއާގެ އަތްމައްޗަށް ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ހަނިމާދޫ އެއާޕޯޓަކީ އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ފަހިވާނޭ ގޮތަށް ދޫކޮށްލާފައިވާ ތަނެކެވެ.

މީގެ އިތުރުން، ދާދި ފަހުން ވެސް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އިންޑިއާގެ ޖާސޫސީ ބޯޓަކާއި، ރާއްޖޭގެ އަސްކަރިއްޔާއިން ބޭނުންކުރާ ޑްރޯންއެއް އެއް ވަގުތެއްގައި އެއް ހިސާބެއްގައި ދުއްވާފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މިކަމަކީ ރާއްޖޭގެ އަސްކަރީ އޮޕަރޭޝަންތަކަށް އިންޑިއާއިން ފާރަލަމުންދާ ކަމުގެ ހެއްކެއް ކަމަށް ސިޔާސީ މުހައްލިލުން ބުނެއެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމުގެ ވައުދާއެކު ވެރިކަމަށް އައި މި ސަރުކާރުގެ ދުވަސްވަރު، އިންޑިއާގެ އަސްކަރީ ހަރަކާތްތައް ރާއްޖޭގެ ސަރަހައްދުގައި އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ގެއްލެމުންދާ ކަމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved