March 13, 2026
Advertisement
ޕެންޝަންއަކީ ކޭޝް ފްލޯއަށް ބަލައިގެން ޖަމާކުރަން އޮންނަ އެއްޗެއް ނޫން: ނާއިފް ޝައިކަތު
ޕެންޝަންއަކީ ކޭޝް ފްލޯއަށް ބަލައިގެން ޖަމާކުރަން އޮންނަ އެއްޗެއް ނޫން: ނާއިފް ޝައިކަތު / ތޭރަ އޮންލައިން

ޕެންޝަންއަކީ ކޭޝް ފްލޯއަށް ބަލައިގެން ޖަމާކުރަން އޮންނަ އެއްޗެއް ނޫން: ނާއިފް ޝައުކަތު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 16, 2026, 09:56 PM
މާލެ ސިޓީ

ޕެންޝަންއަކީ ކޭޝް ފްލޯއަށް ބަލައިގެން ޖަމާކުރަން އޮންނަ އެއްޗެއް ނޫން ކަމަށް ޕީއެންއެފްގެ ސެނެޓަރ ނާއިފް ޝައުކަތު ވިދާޅުވެއްޖެއެވެ،

Advertisement

ސަރުކާރުގެ ކުންފުނި ވެމްކޯއާ ބީސީސީގެ މުވައްޒަފުންގެ ޕެންޝަން ޖަމާނުކުރާތާ 14 މަސް ފާއިތުވެފައިވާއިރު އެ ކުންފުނިން ދެއްކި ބަހަނާއަކީ ކުންފުނީގެ ޚޭޝް ފްލޯ ތާށިވުމެވެ.

މިކަމަށް އިޝާރާތްކުރައްވާ ނާއިފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިކަމެތި މުވައްޒަފުން އަތުން ކޮންމެ މަހަކު ޕެންޝަނަށް ކަނޑާ އުސޫލުން އެ ފައިސާ ޖަމާވެސް ކުރެވެން ޖެހޭނެ ކަމަށާ އެއީ ކޭޝް ފްލޯއަށް ބަލައިގެން ޖަމާކުރަން އޮންނަ އެއްޗެއް ނޫން ކަމަށެވެ.

މީގެ އިތުރުން ނާއިފް ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާކަމެއް އަބަދު ކުރެވޭނެ ކަމަށް ހީނުކުރުމަށް ގޮވާލާ ގާނޫނު އަރާ ވެރިންނާ ހަމަ ކުރާ ުވަސް އޮތީ ދުރުގައި ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

ވެމްކޯއިން ބުނެފައިވާ ގޮތުގައި ޕެންޝަން ފައިސާ ޖަމާނުވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާތައް ނުލިބޭތީ ކަމަށެވެ. ފައިސާ ނުލިބޭ ގިނަ ތަންތަން އެބަހުރި ކަމަށް އެ ކުންފުނިން ބުނިނަމަވެސް ހަމައެކަނި ހާމަކުރީ އެންމެ ތަނެއްގެ މައުލޫމާތެވެ.

ފައިސާ ނުލިބޭކަމުގެ ބަހަނާ ދައްކަމުންދާއިރު، ވެމްކޯއިން ވަނީ ފާއިތުވި ދުވަސްތަކުގައި ބޭނުންވާ އަދަދަށްވުރެ ގިނައިން މުވައްޒަފުން ނަގާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް އަންނަނީ އިތުރު ބަޔަކަށް ވަޒީފާތައް ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved