February 26, 2026
Advertisement
ވެމްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ އަވަސް ތަހުގީގެއް ހިންގަން ނިންމައިފި
ވެމްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ އަވަސް ތަހުގީގެއް ހިންގަން ނިންމައިފި / ރައީސް އޮފިސް

ވެމްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ އަވަސް ތަހުގީގެއް ހިންގަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 26, 2026, 12:44 PM
މާލެ ސިޓީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދެނެގަތުމަށް، އަވަސް ތަހުގީގެއް ހިންގަން ނިންމައިފިއެވެ.

Advertisement

މިފަދަ ތަހުގީގެއް ހިންގަން ނިންމާފައިވަނީ، ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިންނެވެ.

އެޗްއާރްސީއެމް އިން އެ ކޮމިޝަންގެ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހުގެރޭ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި އެގޮތަށް ނިންމީ، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ ސަލާމަތާ މެދު ސުވާލު އުފެދޭ ތިން ހާދިސާއެއް ވެމްކޯގައި އެ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދިޔަ މާހައުލުގައި ހިނގާފައިވާތީ އެވެ.

މި ތަހުގީގަކީ މަސައްކަތުގެ މާހައުލުގައި ހުރި ނުރައްކާތައް ދެނެގަނެ، މުވައްޒަފުންގެ ހައްގުތަކާއި ސަލާމަތްތެރިކަން ކަށަވަރުކުރަން ކުރަންވީ ކަންތައްތައް ދެނެގަތުމަށް ހިނގާ ތަހުގީގެއް ކަމަށްވެސް އެޗްއާރުސީއެމުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ތިލަފުށީގައި ކުނި ނަގަން އުޅުމުގެ ތެރޭގައި ހައިމާކެއްގެ ދަތްގަނޑުން ޖެހި، ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ އަމީން މިއާ ވަނީ މަރުވެފަ އެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ ވެސް ދެ ދުވަސް ފަހުންނެވެ.

މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ހިނގި ހާދިސާއަކާ ގުޅިގެން ވެމްކޯގެ ދިވެހި މުވައްޒަފަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved