March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

56 ގަޑިއިރުގެ ތެރޭގައި ޗައިނާގެ އަސްކަރީ ބޯޓުތަކުން އީރާނަށް ބޮޑު އެހީއެއް ފޯރުކޮށްދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 20, 2026, 11:13 PM
މާލެ ސިޓީ

ޗައިނާ އާއި އީރާނާ ދެމެދު އޮންނަ އަސްކަރީ އަދި އިސްތިރާތީޖީ ގުޅުން އިތުރަށް ވަރުގަދަވަމުންދާކަން ހާމަކޮށްދޭ ތާރީޚީ ހަރަކާތްތަކެއް ފެންމަތިވެއްޖެއެވެ.

Advertisement

މިދިޔަ 56 ގަޑިއިރުގެ ތެރޭގައި ޗައިނާގެ އަސްކަރީ ކާގޯ ބޯޓުތަކުން އީރާނަށް ގިނަ އަދަދެއްގެ މުދަލާއި ސާމާނު އުފުލާފައިވާ އިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ޓްރާންސްފާއެއް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

މި ހަރަކާތަކީ ބައިނަލްއަގުވާމީ މަސްރަހުގައި އީރާނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ޗައިނާއިން އެ ގައުމާ އެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށްދޭ ވަރުގަދަ ހެކިބަހެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މި ދަތުރުތަކަކީ ކޮން ބާވަތެއްގެ ސާމާނެއް އުފުލުމަށް ކުރި ދަތުރުތަކެއްކަން ރަސްމީ އިދާރާތަކުން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ޗައިނާގެ މި ނިންމުމަކީ މެދުއިރުމަތީގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް، ހުޅަނގުގެ ގައުމުތަކުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި، ޗައިނާއިން މިފަދަ ބޮޑު އަސްކަރީ ލޮޖިސްޓިކް އޮޕަރޭޝަނެއް ހިންގުމަކީ ދުނިޔޭގެ ބާރުގެ މިސްރާބަށް އަންނަ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މި އޮޕަރޭޝަނާއެކު ޗައިނާއިން ވަނީ އީރާނުގެ ދިފާއީ އަދި އަސްކަރީ ގާބިލުކަން އިތުރުކުރުމުގައި އެ ގައުމުގެ ފުރިހަމަ އެއްބާރުލުން އޮތްކަން ދުނިޔެއަށް ސާފުކޮށްދީފައެވެ. މި ތާރީޚީ ޓްރާންސްފާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved