March 11, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ހުޅުމާލޭގެ ޝަރުޢީ އަދި އިންތިޒާމީ ހަރަކާތްތައް ކުރިއަށް ގެންދާނަން: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 22, 2026, 12:03 AM
މާލެ ސިޓީ

ހުޅުމާލެއަކީ ވެސް މާލެ ސިޓި ކައުންސިލްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ތަނަކަށް ހަދާ އެތަނުގެ ޝަރުޢީ އަދި އިންތިޒާމީ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ އެންޑޮޒްމަންޓާ އެކު ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގެ 230 (ހ) އިން އެނގޭ ހިނދު، ޤާނޫނު އަސާސީގެ ޖަދުވަލު 2 އަދި ޤާނޫނު 7/2010ގެ މާއްދާ 4 (ށ) ގައި ބަޔާންވާ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެ އިދާރީ ދާއިރާއަކީ މާލެ، ހުޅުމާލެ އަދި ވިލިނގިލި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ

އެހެންއެކަން އޮތުމުން މާލޭ ސިޓީ ކައުންސިލްގެ ދާއިރާގައި ހިމެނޭ "ހުޅުމާލެ" އަކީ ޤާނޫނުގެ މާއްދާ 40ން ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތުން ބަރީޢަކުރެވޭނެ ތަނެއް ކަމަށް ނުވާތީ، އަދި އެ މަސްޢޫލިއްޔަތު ހަވާލުކުރުމާއި، ނުކުރުމަކީ، ސަރުކާރުގެ އިޚްތިޔާރީ ކަމެއް ކަމަށް ޤަބޫލު ނުކުރެވޭތީ، الله سبحانه وتعالىގެ ވާގިފުޅާއިއެކު އޭނާގެ މޭޔަރުކަމެއްގައި ހުޅުމާލޭގައި އުފެދޭނެ އަވަށު ކޮމިޓީތަކުން ބޭނުންވާ ގޮތަށް އެ މަސްޢޫލިއްޔަތާއި ހަވާލުވުމުގެ ޝަރުޢީ އަދި އިންތިޒާމީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، ހުޅުމާލެ މިހާރު އޮންނަނީ އެޗްޑީސީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މުހިއްމު ޚިދުމަތްތަކަކުން މަހްރޫމުވާކަމުގެ ޝަކުވާ ބޮޑުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved