March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ ޓެޖާސްއަށްވުރެ ގިނައިން ޖޭއެފް-17 ފައިޓާ ޖެޓް އެކްސްޕޯޓްކުރުމަށް ޕާކިސްތާނުން އަމާޒު ހިފައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 22, 2026, 08:06 PM
މާލެ ސިޓީ

ޕާކިސްތާނުގެ ދިފާއީ ސިނާއަތް ބާރުމިނެއްގައި ކުރިއަރަމުން އަންނައިރު، އިންޑިއާއިން އަމިއްލައަށް އުފައްދާފައިވާ 'ޓެޖާސް' ފައިޓާ ޖެޓްތަކަށްވުރެ ގިނަ އަދަދަކަށް ޕާކިސްތާނުގެ 'ޖޭއެފް-17' (JF-17) ތަންޑަރ ޖެޓްތައް ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް އެ ގައުމުން ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ.

Advertisement

ޕާކިސްތާނުގެ ދިފާއީ ދާއިރާގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، އެ ގައުމުގެ ހަތިޔާރު އުފައްދާ މިންވަރު އިތުރުވެ، ބައިނަލްއަގުވާމީ މާކެޓުގައި ޕާކިސްތާނުގެ އުފެއްދުންތަކަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ކުރިއެރުން ލިބިފައިވަނީ މިދިޔަ އަހަރު އިންޑިއާއާއެކު ހިނގި ބޯޑަރުގެ ހަމަނުޖެހުންތަކުގައި ޕާކިސްތާނުގެ ޖެޓްތަކާއި، ޑްރޯން އަދި މިސައިލްތައް ބޭނުންކޮށް، އެ ތަކެތީގެ ގާބިލުކަން ސާބިތުކޮށްދިނުމާ ގުޅިގެންނެވެ. މީގެ ސަބަބުން ޕާކިސްތާނުގެ ހަތިޔާރުތަކަށް ވަނީ ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑަށް ބޭނުންވާ 'ކޮމްބަޓް ޓެސްޓްޑް' ނުވަތަ ހަނގުރާމައިގެ މައިދާނުގައި ފެންވަރު ސާބިތުކޮށްފައިވާ އުފެއްދުންތަކުގެ ލަގަބު ލިބިފައެވެ.

އިސްލާމްއާބާދުން ޗައިނާއާ ގުޅިގެން އުފައްދާފައިވާ ޖޭއެފް-17 ޖެޓްތަކުގެ އިތުރުން، އެ ގައުމުގައި އުފައްދާ ތަމްރީނު މަތިންދާބޯޓުތަކާއި، ޒަމާނީ ޑްރޯން އަދި އެކި ބާވަތުގެ ހަތިޔާރުގެ ނިޒާމުތައް ގަތުމަށް ދުނިޔޭގެ 13 ގައުމަކުން މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ޕާކިސްތާނުގެ ދިފާއީ ވުޒާރާއާ ގާތް ތިން މަސްދަރަކުން ކަށަވަރުކޮށްދީފައިވެއެވެ.

ޕާކިސްތާނުގެ އަމާޒަކީ ދިފާއީ ސިނާއަތް ފުޅާކޮށް، ބޭރުގެ ފައިސާ ގައުމަށް ވެއްދުމާއެކު، ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ދިފާއީ އުފެއްދުންތައް ސަޕްލައިކޮށްދޭ މުހިންމު ގައުމަކަށް ވުމެވެ. ހާއްސަކޮށް އިންޑިއާގެ އުފެއްދުންތަކާ އަޅާބަލާއިރު ޕާކިސްތާނުގެ ޖެޓްތަކުގެ އަގު ހެޔޮވުމާއި، އޭގެ ކަރަންޓް ޕާފޯމަންސް ރަނގަޅުވުމަކީ ގިނަ ގައުމުތަކަކުން ޕާކިސްތާނުގެ އުފެއްދުންތަކަށް އިސްކަންދޭ ސަބަބެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved