March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކަޝްމީރަށް އަރައިގެން އުޅޭ ހިންދޫ ފައުޖުގެ 10 މީހުން ވަޅުގަނޑަކަށް ވެއްޓި މަރުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 23, 2026, 02:19 AM
މާލެ ސިޓީ

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދެއްގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާ ސިފައިންގެ 10 މީހަކު ފުން ވަޅުގަނޑަކަށް ވެއްޓި މަރުވެއްޖެއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ކަޝްމީރުގެ ފަރުބަދަމަތީ ސަރަހައްދެއްގައި އެ ފައުޖުގެ ސިފައިން ފޯރިމަރަމުން ދަނިކޮށް، މިއަދުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި 10 ސިފައިން ވެއްޓިފައިވަނީ އެ ސަރަހައްދުގައި ހުރި ފުން ކަނޑަކަށް ނުވަތަ ބޮޑު ވަޅުގަނޑަކަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުންނާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ހާދިސާ ހިނގި ސަރަހައްދަކީ އާންމުކޮށްވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާ، ފަރުބަދަމަތީ ދަތި ސަރަހައްދެކެވެ.

މަރުވި ސިފައިންގެ ހަށިތައް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް، އެ ސަރަހައްދުގެ އުސްމިނާއި މޫސުމީ ހާލަތުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގައި އިންޑިއާގެ އެތައް ހާސް ސިފައިންނެއް ހަރަކާތްތެރިވަމުންދާއިރު، މީގެ ކުރިންވެސް މިފަދަ އެކި ހާދިސާތަކުގައާއި ގުދުރަތީ ކާރިސާތަކުގައި އެ ފައުޖުގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވެއެވެ. ކަޝްމީރުގެ ރައްޔިތުން ދަނީ އިންޑިއާގެ އަސްކަރިއްޔާ އެ ސަރަހައްދުން ފޭބުމަށް ގޮވާލައި، އެމީހުންގެ މިނިވަންކަމަށްޓަކައި އަޑުއުފުލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved