March 11, 2026
Advertisement
ރާއްޖޭގެ ސަރަހައްދުތަކަށް ކުރަމުން އައި ދުންފުހުގެ އަސަރު މިހާރު ކުޑަ: މެޓު އޮފީސް
ރާއްޖޭގެ ސަރަހައްދުތަކަށް ކުރަމުން އައި ދުންފުހުގެ އަސަރު މިހާރު ކުޑަ: މެޓު އޮފީސް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރާއްޖޭގެ ސަރަހައްދުތަކަށް ކުރަމުން އައި ދުންފުހުގެ އަސަރު މިހާރު ކުޑަ: މެޓު އޮފީސް

Mariyam Isaadha
މަރިޔަމް އިސާދާ
Jan 25, 2026, 09:33 PM
މާލެ ސިޓީ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އައި ދުންފުހުގެ އަސަރު މިހާރު ކުޑަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

Advertisement

މީޑިއާއަށް މައުލޫމާތު ދެމުން މެޓުން ބުނީ، ދުންފުހުގެ އަސަރު ރާއްޖެއަށާއި މި ސަރަހައްދުގެ ގިނަ ގައުމުތަކަށް ވެސް ކުރަމުންދާތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފާއިތުވެ، ވައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި މާއްދާއެއް ކަމަށްވާ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް2.5)ގެ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ.

މިހާރު ވައިގެ ނުސާފުކަން ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 14.2 މައިކްރޯ ގްރާމްގައި ކަމަށްވާއިރު، މިއީ މީގެ ފާއިތުވި ހަފްތާއާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލެއް ކަމަށް ވެސް މެޓުން ހާމަކޮށްފައިވެއެވެ.

ހަމައެހެންމެ ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް ދުންފުހުގެ އަސަރު ހުންނާނީ މިހާރު ހުރި މިންވަރަށް ދަށްކޯށް ކަމަށާ، ނަމަވެސް މި ދުވަސްވަރު ބައެއް ފަހަރު ދުންފުހުގެ އަސަރު މައްޗަށް ގޮސް، އަނެއްބައި ފަހަރު އޭގެ އަސަރު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

އާންމުގޮތެއްގައި ދުންފުހުގެ އަސަރު ރާއްޖެއަށް ކުރަނީ ވައިގެ މިސްރާބު އިރުވައި މޫސުމުގައި ހުންނަ ގޮތުން، އަވަށްޓެރި ގައުމުތަކުން އަންނަ ހިރަފުހާއި ދުންފަދަ މާއްދާތައް ވައިގެތެރޭގައި މައްސުނިވެ އުފެދޭ ކިލަނބުކަމަކުންނެވެ. އެގޮތުން މެޓުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ކުރަމުން ދަނީ މޫސުމީ ދުންފުހުގެ އަސަރު ކަމަށާ އޭގެ އަސަރުވެސް އަދިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހުންނާނެ ކަމަށާ އެކި ދުވަސްތަކުގައި އިންޓެސިވިޓީ ދަށްވި ނަމަވެސް އިރުވައި މޫސުން ފެށި، އިރުއުތުރުން ވައި ޖެހޭކަމުގައި ވަނީނަމަ އިންޑިއާ ބައްރުގެ މަތިން އަންނަ ދުފުހުގެ އަސަރު އަދިވެސް ރާއްޖޭގެ ސަރަހައްދަށް އަންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved