March 14, 2026
Advertisement
އެމްޖޭއޭގެ ރައީސް ނާއިފް
އެމްޖޭއޭގެ ރައީސް ނާއިފް / ތޭރަ އޮންލައިން

އެމްއެމްބީސީގެ ގާނޫނޫ ބާތިލުކުރަން ކޯޓަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 27, 2026, 12:56 AM
މާލެ ސިޓީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.

Advertisement

އެމްޖޭއޭއިން މިކަން ހާމަކޮށްފައިވަނީ އެ ޖަމްއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ޖަމްއިއްޔާގެ ރައީސް އަހުމަދު ނާއިފު ވިދާޅުވި ގޮތުގައި، ބާތިލުކުރަން ހުށަހެޅީ ރާއްޖޭގެ ގާނޫނު އަސާސީގައި އެކަށައަޅާފައިވާ އުސޫލުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ.

އެގޮތުން އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ބާތިލުކުރަން ހައި ކޯޓުގައި އެދުނީ އެ ގާނޫނު ގާނޫނުއަސާސީގެ ގިނަ މާއްދާތަކާ ހިލާފުވުމުގެ އިތުރުން އެ ގާނޫނަކީ އެތަކެއް ހައްގުތަކެއް ނިގުޅައިގަންނަ ގާނޫނަކަށްވާތީ ކަމަށެވެ.

މި ގާނޫނަކީ ރާއްޖޭގެ ގާނޫނުއަސާސީ އެންވިޝަން ކުރާ އުސޫލުތަކާއި އޭގެއިތުރަށް ރާއްޖެ ބައިވެރިވެފައި ހުރި ބައިނަލްއަގުވާމީ މުއާހަދާތައް، އެއީ އައިސީސީޕީއާރްގެ އާޓިކަލް 19 ގައި އެބުނާ ތްރީޕާޓް ޓެސްޓާވެސް ހިލާފަށް އެކުލަވާލެވިފައި އޮތް ގާނޫނެއްކަން ވަރަށް ސާފުކޮށް އެބަ އޮތް އެނގެން. ދެން ރައްޔިތުންގެ މަޖިލީހުގެ ބާރެއް އޮތަތީވެ ނަންބަރު ހަމަވީމަ ކަމެއް ކުރެވިދާނެ

އެމްޖޭއޭގެ ރައީސް ނާއިފް

މިފަދަ މައްސަލައެއް އެމްޖޭއޭއިން ކޯޓަށް ވައްދާފައިވާއިރު ކޯޓުން އެ މައްސަލަ ބަލައިގަންތ ކަމެއް އަދި އެނގިފައިނުވެއެވެ. އަދި މިފަދަ މައްސަލައެއް ވެއްދީ އަދަދު ނޫހުގެ ސިޔާސީ ކާޓޫން ސެގްމަންޓުގެ ނަމުގައި ހިންގާ ސެގންމަންޓުގައި ޝާއިއު ކުރި ކާޓޫނެއްގެ މައްސަލަ މޯލްޑިވްސް މީޑިޔާ އެންމޑް ބްރޮޑްކާސްޓިން ކޮމިޝަނުން ބަލަމުންދަނިކޮށްކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved