March 19, 2026
Advertisement
,
, / ސޯޝަލް މީޑިއާ

މުއިއްޒާ ސާޖިދާގެ ކޮންމެ އަމަލަކުން ރަައްޔިތުންނަށް ލިބުނީ އަދި ލިބޭނީ ވެސް ގެއްލުން: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Jan 27, 2026, 05:45 PM

ރައީސް މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ އަދި ލިބޭނީ ވެސް ގެއްލުންކަމަށް ޕީއެންއެެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްްވި ޕޯސްޓެއްގައެވެ.

ޑރ.ޖަމީލް ވިދާޅުވީ ގައުމުގެ ފަސްޓް ލޭޑީންނަކީ ޑިމޮކްރަސީގައި ސިޔާސީ ކަންތަކުގެ ތެރެއަށް ވަންނަ ބޭކަނބަލުންނެެއް ނޫންކަމަށެވެ. ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޕީއެންސީން ކުރިމަތިލައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަލްސާއަކަށް ގޮސް ސިޔާސީ ވާހަކަ ދެއްކެވުމުންނެވެ.

ޑރ. ޖަމީލް ވިދާޅުވީ އެގޮތަށް ނިކުންނަންވާނީ ފާޑު ކިއުން ތަޙައްމަލް ކުރުމުގެ ގާބިލްކަމާއެކުކަމަށެވެ.

ސާޖިދާ އާ ރައީސް މުއިއްޒަކީ ރައްޔިތުންނަށް ގޮތް ކިއާދޭ ވަރަށްވުރެ ދީނީ އަދި އަޚްލާގީގޮތުން ޙުއްޖަތު ގެއްލިފައިތިބި ބައެއްކަމަށާއި މުއިއްޒު ރަމްޒުކުރަނީ ދޮގުވެރިކަމާ، އަމާނާތަށް ޚިޔާނާތްތެރިވުންކަން ހުސްގޮނޑި ދައްކާ ވެރިކަން ލިބުމުން ތިޔަދެބޭކަނބަލުން އުޅޭގޮތުން ސާފުވާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ސިވިލް ސަރވިސްގެ އުސޫލު ސާޖިދާއަށްޓަކައި މިއަދު ބަދަލުކޮށްގެން އުޅޭ އުޅުމަށް ބެލިޔަސް ޕީއެންސީ އަދި މުއިއްޒާ ސާޖިދާ މަސައްކަތްކުރަނީ ދެބޭކަނބަލުންގެ ޖާހަތު ބޮޑުކޮށް އިތުރު ބާރުތައް ހޯދަންކަން އެނގޭކަމަށް ވެސް ޑރ.ޖމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް ސުވާލުކުރައްވާ ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކޮށް އަތޮޅު ކައުންސިލް އުވާލީ ކީއްވެތޯއާއި އީސީ އަދީ އޭސީސީގެ ބާރު މުއިއްޒުގެ މުށުތެރެއަށްލީ ކީއްވެތޯއެވެ.

އަދި މީޑިއާގެ މިނިވަންކަން ފުނޑާލީ ކީއްވެތޯ އައްސަވާ ޑރ.ޖަމީލް ވިދާޅުވީ މުއިއްޒާ ސާޖިދާގެ ކޮންމެ އަމަލަކުން ރަައްޔިތުންނަށް ލިބުނީ އަދި ލިބޭނީވެސް ގެއްލުންކަން ސާބިތުވެ ފެންނަން އޮތްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved