March 14, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ގައުމީ ކެންޑިޑޭޓު، މޭޔަރު ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 28, 2026, 01:01 AM
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު އޭނާގެ ފޯމު އިލެކްކޝަން ކޮމިޝަނަށް ހުށަހަޅާއިފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވެފައިވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ދަތިކުރުމުގެ ނިޔަތެއް އޮތްކަމަށް ޝައްކު އުފެދޭ ގޮތަކަށް އިލެކްޝަން ކޮމިޝަނުން އިންތިޒާމުކުރައްވާފައިވާ، މާލޭސިޓީ މޭޔަރުކަމުގެ ޚިދުމަތަށް ކުރިމަތިލުމުގެ ކެންޑިޑެސީ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އެ ކޮމިޝަންއަށް ފޮނުވާފައިވާނެ ކަމަށެވެ.

ޒަރިޔަންދު މާލޭގެ މޭޔަރު ކަމަށް ނުކުންނަވަނީ މާލެ ސިޓީގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެއްވާ ލާމަރުކަޒީއިން ފިލާވަޅު ނަންގަވައިގެން ކައުންސިލްގެ އެތެރެވެސް ފޮޅާ ސާފުކޮށް ކޮރަޕްޝަނާ ވައްކަމުން ތަން އެއްކިބާ ކުރުމުގެ ވައުދާ އެކުގައެވެ.

އޮޑިޓީން އެންޑް ފައިނޭންސިންގައި ގިނަ ދުވަހު ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޒަރިޔަންދު މާލޭގެ މޭޔަރު ކަމަށް ނުކުންނަވަނީ ވަކި ސިޔާސީ ފިކުރަކަށް ބެއްލެވުމެއް ނެތި "މާލޭގެ ރައްޔިތުން"ގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އޭނާގެ އެ ނިންމަމަށް މަރުހަބާ ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވަނީ މާލޭގެ މޭޔަރު ކަމަށް ގައުމީ ކެންޑިޑޭޓެއްގެ ގޮތުގައި ޒަރިޔަންދު އެންޑޯޒްކުރައްވާފައެވެ.

ޒަރިޔަންދު ނުކުންނާނީ މުޅި ސިސްޓަމް ރީސެޓުކުރަންށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved