March 19, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އަދާލަތު ޕާޓީގެ ރައީސްކަމަށް ޝެއިހް ޝިފާން!

Yana Shareef
ޔާނާ ޝަރީފް
Feb 1, 2026, 03:54 AM

އަދާލަތު ޕާޓީގެ ރައީސަކަށް 99 އިންސައްތަ ވޯޓާއެކީ އެ ޕާޓީގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން މިއަދު އިންތިހާބުކޮށްފި އެވެ.

Advertisement

ފަހިވޯޓު މެދުވެރިކޮށް އޮންލައިންކޮށް އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ކުރިއަށްގެންދިޔަ އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 22 ޕަސަންޓު މީހުންނެވެ.

ޝައިހް ޝިފާން ވިދާޅުވީ އިންތިހާބުގައި އަދާލަތު ޕާޓީގެ މެންބަރުން ގިނަ ހުރިހާ ރަށަކަށް އޭނާގެ ޓީމުން ޒިޔާރަތްކޮށްފައިވާނެ ކަމަށެވެ. އަދި ސީދާ މެންބަރުންގެ ވާހަކަތައް އަޑު އެހިގެންދިޔުމަކީ ޕާޓީގެ މުސްތަގުބަލު ހަރުދަނާކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީ އަކީ އިސްލާމްދީނާއި ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށް މަސައްކަތް ކުރާ ޕާޓީ އެއްގެ ގޮތުގައި ދަމަހައްޓާ މެމްބަރުންގެ އުއްމީދުތަކާއި އެއްގޮތަށް ކަންކަން ހިންގާ ޕާޓީ އެއްގެ ގޮތުގައި ބައްޓަން ކުރާނެކަމުގެ ޔަގީންކަން ޝަައިހް ވަނީ ދެއްވާފައެވެ.

އިންތިހާބުގައި ޝައިހް އާއި ވާދަކުރެއްވި އިކްރާމް އަބްދުއްސައްތާރަށް ލިބުނީ އެންމެ ޕަސަންޓެކެވެ. އަދި އޭނާ މިދިޔަ ހަފްތާގައި ނަން އަނބުރާ ގެންދަވާފައި ވީނަމަވެސް އެ ޕާޓީން އިންތިހާބު ކުރިއަށް ގެންދަން ނިންމިއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved