March 10, 2026
Advertisement
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ދަ އެޑިޝަން

އަދާލަތު ޕާޓީއިން ކަންކުރާ ގޮތަށް ކަންކުރާކަށް ނުޖެހޭ: ޑރ. ޝަހީމް

Mariyam Isaadha
މަރިޔަމް އިސާދާ
Aug 3, 2024, 07:58 PM
މާލެ ސިޓީ

ރާއްޖޭގައި އިސްލާމްދީނު ކުރިއަރުވާ އިސްލާީ ހަމަތަކަށް ބާރުއަޅުވަން ކަމަށް ބުނެ އުފައްދާފައި އޮންނަ ސިޔާސީ ޕާޓީ، އަދާލަތުން ކަންކުރާ ގޮތްތަކަށް އެންމެން ކަންކުރަން ނުޖެހޭ ކަމަށް އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން އިމާމުންނަށް އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން އަދާލަތު ޕާޓީއިން ވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ހިމެނި ވަޑައިގަންނަވައެވެ.

އެގޮތުން ޒާހިރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީން މިދިޔަ ބުދަ ދުވަހު ހާނިއްޔަގެ މައްޗަށް ހުކުރު ނަމާދަށް ފަހު ކަށު ނަމާދު ކުރަން ސަރުކާރުގައި އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައިނުވާކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ، މިނިސްޓްރީން ކަންކުރާނީ އިލްމުވެރީންގެ ފުރިހަމަ މަޝްވަރާއާއެކު ގުރުއާނާ ސުންނަތާ އެއްގޮތަށް ކަމަށެވެ. އަދި އަދާލަތުން ކަންކުރާ ގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޝަހީމް ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބެއް ކަމަށް ޑރ. ޒާހިރަށް ފެނިވަޑައިގަންނަވާނަމަ އެ ކަމުގެ ދަލީލެއް ދައްކަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދީނީ ކަންކަން ސިޔާސީކޯށް ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު ނަފްރަތު އުފައްދަން މަސައްކަތްކުރުން ހުއްޓާލަން ޑރ. ޝަހީމު އަދާލަތުގެ އިލްމުވެރިންނަށް ގޮވާލައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved