ދާއިރާތަކުގެ ބަހުސަށް ނުދާ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނިޔަތެއް ނެތް ބައެއްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ސިލްސިލާ ގޮތެއްގެ މަތިން ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް ބާއްވަމުންދާ ބަހުސްތަކަކީ ދާއިރާގެ ކެންޑިޑޭޓު ރައްޔިތުންނަށް އޮޅުންފިލުވާދި އެކެންޑީޑޭޓަކު ގެންގުޅޭނެ އުސޫލުތަކާ ސިޔާސަތުތައް ހާމަކުރުމަށް ބާއްވާ ޑިމޮކްރެޓިކު ކަމެއް ކަމަށާ ނަމަވެސް ރާއްޖޭގައި ގިނަ ފަހަރު ފެންނަނީ ބަހުސަށް ގިނަ ކެންޑިޑޭޓުން ފިއްލަވާ މަންޒަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޑިމޮކްރެޓިކު ގިނަ ގައުމުތަކުގައި އިންތިހާބުތަކާ ދިމާކޮސް އެފަދަ ބަސްހުތައް ބޭއްވުމަކީ އާންމުކަމެއް. އޭގެ ބޭނުމަކީ ކެންޑީޑޭޓު ރައްޔިތުންނަށް ރަގަޅަށް ތައާރަފްވެ އެނގުން. ނަމަވެސް ބަހުސަށް ނުދާ ކެންޑިޑޭޓަކު އެ ހުންނެވީ ފުރަތަމަވެސް ފެއިލްވެފައި. ރައްޔިތުންނަށް ހިދުމަތްކުރުމުގައި އޭނާގެ ނިޔަތެއް ނެތުމުން ބަހުސަށް ހާޒިރު ނުވާނީ ވެސް
ރައީސް ޔާމީން އިތުރަަށް ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓަށްވުރެ ޕީއެންސީގެ ކެންޑިޑޭޓު މަގާމަށް އެކަށީގެން ނުވާ ހަލަތެއްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭންޖެހިދާނެކަމާއިމެދު ސުވާލު އުފެއްދޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެފަދަ ހާލަތެއްވެސް އައިސްދާނެކަމަށާއި އެއީވެސް ވުމުގެ ޕްރޮބަބިލިޓީ އޮތް ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ވޯޓުގެ ނަތީޖާ ނުކުންނާނެ ގޮތް އަންދާޒާނުކުރެއްވޭކަމަށާއި ޕީއެންއެފްއިން އެފަދަ ހުރިހާ ހާލަތަކަށްވެސް ތައްޔާރުވާންޖޭހެކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވައިރު ސަރުކާރަށް ނިސްބަތްވާ ގިނަ ކެންޑިޑޭޓުން ވަނީ ބަހުސްގައި ބައިވެރިނުވެ ފިއްލަވާފައެވެ. އޭގެ ެތރޭގައި މި ސަރުކާރުގެ ޚާއްސަ މުސްތަޝާރު އަބްދުރަހީމު ވެސް ހިމެނެއެވެ.
ކުރިއަށް މަޖިލިސް އިންތިހާބުގައި 40 ވުރެ ގިނަ ކެންޑިޑޭޓުން ރައީސް ޔާމީންގެ ތާއީދާއެކު އެކި ދާއިރާތަކަށް ކުރިމަތިލައެވެ.