March 19, 2026
Advertisement
-
- / ތޭރަ އޮންލައިން

އިނާޒް އިސްތިއުފާ ދެއްވުމުން ގައުމީ ކެންޑިޑޭޓު މަރުހަބާ ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Feb 1, 2026, 10:46 PM

ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް އިސްތިއުފާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ޤައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު މަރުހަބާ ވިދާޅުވެއްޖެްއެވެ.

Advertisement

މަގާމުން އިސްތިއުފާ ދެއްވަމުން އިނާޒް މިއަދު ވިދާޅުވީ، 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރުމަކީ "އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް" ކަމަށެވެ.

ޒަރިޔަންދު އެކްސްގައި ވިދާޅުވީ ނޭޝަނަލް ބަޖެޓިންގައި މަސައްކަތް ކުރި ދުވަސްވަރު އިނާޒްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނު ކަމަށާއި އިގުތިސާދީގޮތުން ހެޔޮ ބަދަލު އަންނާނެ ފަދަ ނިންމުންތައް ނިންމުމަށްޓަކައި އިނާޒް އޭރު ވެސް ކުރެއްވި މަސައްކަތް ތަޖުރިބާ ކުރެވުނު ކަމަށެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމި ނިންމުމާ ގުޅިގެން، ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވުމަށް ނިންމެވި ނިންމެވުމަށް ފުރިހަމައަށް އިހުތިރާމު ކުރާކަމަށެވެ. އިނާޒް ސާބިތުކޮށްދެއްވި ނަޒާހާތްތެރިކަމާމެދު ފަހުރުވެރިވާކަމަށާއި އޭނާއަށް އޮތް އިތުބާރު އަދިވެސް އެގޮތުގައި ދެމި އެބަ އޮތްކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

އިނާޒްއަކީ ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ތިން ވަނަ މެންބަރެވެ. މީގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ ހަމަ އެ މައްސަލައިގައި އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ އިތުރުން، ފައިސާ ޗާޕު ކުރުމުގެ މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއި ކުރައްވަން ދެކޮޅު ހެއްދެވުމަށްފަހު ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަން އޮފިސަރު ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved