April 4, 2026
Advertisement
-
- / ތޭރަ އޮންލައިން

އޮރެންޖުގެ އަގު އުފުލިއްޖެ، ހެޔޮވާނެ ދުވަހެއް ނޭނގޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 2, 2026, 10:21 PM
މާލެ ސިޓީ

މާލޭ ބާޒާރުން އޮރެންޖު މަދުވެ، އޮރެންޖެއްގެ އަގު 10 ރުފިޔާއިން މައްޗަށް އުފުލިއްޖެ ކަމަށް ރިޕޯޓުކޮށްފިއެވެ.

Advertisement

މާލޭ ބާޒާރުމަތީ ފިހާރަތަކަށް ބަލާއިރު، ގިނަ ފިހާރަތަކަކުން އޮރެންޖު ހުސްވެފައިވާ ކަމަށާ، އޮރެންޖު ހުރި ފިހާރަތަކުގައި އޮރެންޖެއްގެ އަގު ހުރީ 6 ރުފިޔާ އާއި 10 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ކަމަށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ޗެނަލް13 އިން މައުލޫމާތު ހޯދާލުމަށް ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ޒިޔާރާތްކުރިއިރު އޮރެންޖެއްގެ އަގު ހުރީ 10 ރުފިޔާއިން މަތީގައެވެ، އެގޮތުން އޮރެންޖެއްގެ އަގުހުރީ 10 ރުފިޔާއާ 15 ރުފިޔާއާ ދެމެދުގައެވެ. ރަށު ތެރޭގައި، ގިނަ ފިހާރަތަކުން އޮރެންޖު ހުރީ ހުސްވެފައި ކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި އޮރެންޖު ހުރި ފިހާރަތަކުގައިވެސް މިހާރު އަގު ހުރީ އިހުނަށް ވުރެ ބޮޑުކޮށެވެ.

ހުޅުމާލެއަށް ބަލާއިރު ފޭސް ދޭއްގެ ބައެއް ސުޕަރ މާޓްތަކުގައި އޮރެންޖެއްގެ އަގު 13 ރުފިޔާގައި ހުރިއިރު، ހުޅުމާލޭ ފޭސް އެކެއްގެ ލޯކަލް މާރުކޭޓްތަކުގެ ގޮޅިތަކުގައި އޮރެންޖު ހުރީ ހުސްވުމާ ގާތުގައެވެ. ބައެއް ފިހާރަތަކުން މައުލޫމާތު ދިން ގޮތުގައި މި ދުވަސްވަރު އޮރެންޖު ލިބުން ދަިވެފައިވާ ކަމަށާ އަގުބޮޑުވެގެން އުޅެނީ އެހެންވެގެން ކަމަށެވެ. އަދި އޮރެންޖު ލިބޭނޭ ދުވަހެއް ނޭނގޭކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޮރެންޖު ލިބުން ދަތިވެގެން އުޅެނީ ކޮންޓެއިނަރތައް ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ. ދުވަސްވަރަކީ ޑޮލަރުގެ އަގުވެސް އިންތިހާއަށް ބޮޑު ދުވަސްވަރަކަށްވެފައި ތަކެތީގެ އަގު އަރައިގެން ދާނެކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވަމުންވެސް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved