April 20, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

314 މީހުން ދޫކުރި މައްސަލަ ތަހުގީގުކުރަން ޖެހޭނެ، ހިތާމަ ފާޅުކުރުމަކުން އަދި ނުފުދޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 9, 2024, 01:56 AM
މާލެ ސިޓީ

އުސޫލުތަކުގެ ބޭރުން ކުށްވެރިންތަކެއް ކުރީ ސަރުކާރުން ދޫކުރި މައްސަލަ ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލެއްގެ ތެެރެއިންނެވެ.

ރަައީސް ޔާމީން ވިދާޅުވީ ބޮޑެތި ކުށްވެރިން ދޫކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ވަކި ގާނޫނަކުން ލިބިފައި ނެތްއިރު ނިމިދިޔަ ސަރުކާރުން 300 އަށް ވުރެ ގިނަ ކުށްވެރިން ދޫކޮށްލި މައްސަލައަކީ ހިތާމަ ފާޅުކޮށް ކަންބޮޑުވުން ފާޅުކޮށްލައިގެން ފުއްދާލެވެން ނެތް ކަމެއް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ހާމަކުރެއްވީ އެއިން ކޮންމެ މީހަކީ މުޖުތަމައަށް ހުރި ނުރައްކަލަކަށް ވުމެވެ.

314 މީހުން ދޫކޮށްލި މައްސަލައިގައި ހޯމް މިނިސްޓަރު އެބަ ވިދާޅުވޭ ހިތާމަކުރަމޭ ކަންބޮޑުވެއޭ. އެކަމަކު އަޅުގަޑުގެ ވިސްނުމުގައި އެއީ ހަމައެކަނި ހިތާމަ ފާޅުކޮށްގެން އަދި ފުއްދާލެވޭ ވަރަށް ވުރެ ކައްސާސް މައްސަލައެއް. ބަލާ ފިޔަވަޅު އަޅަން ޖެހޭ ކަމެއް އެއީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް އެފަދަ ވާހަކަތައް ސަރުކާރުގެ ކަންފަތްތަކާ ހަމައަށް ގެންދިއުމަކީ ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާއެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved