March 8, 2026
Advertisement
އެމްއެމްއޭ މައި އޮފީސް
އެމްއެމްއޭ މައި އޮފީސް / އެމްއެމްއޭ

100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި

Yana Shareef
ޔާނާ ޝަރީފް
Feb 3, 2026, 12:44 AM

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި އެވެ.

Advertisement

އެމްއެމްއޭ އިން ބުނީ 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން މިއަދު އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. ގެނައީ ކިހާ އަދަދެއް ކަމެއް ބުނެފައިނުވެއެވެ.

ސޯޝަލް މީޑިއާގައި މިއަދު ވަނީ ދެ ޕިކަޕެއްގައި ފައިސާ ޕެލެޓްތަކެއް އެމްއެމްއޭއަށް ގެންދާ ވީޑިއޯއެއް ވެސް އާންމުވެފަ އެވެ. އެންމެފަހުން ސްޓޮކް މަދުވެގެން 100ރ. ގެ ނޫޓު އެމްއެމްއޭއަށް ގެނައީ މިދިޔަ އަހަރު އެވެ.

ފައިސާ ޗާޕުކުރުމާ ހިލާފަށް މޮޅެތި ވާހަކަތައް ދެއްކުމަށްފަހު ފައިސާ ޗާޕު ކުރާތީ ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

މިހާރު ބޭނުންކުރާ ނޫޓުތައް ތައާރަފްކުރީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved