March 24, 2026
Advertisement
-
- / ވަގުތު.އެމްވީ

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 3, 2026, 04:40 PM
މާލެ ސިޓީ

އައްޑޫ ސިޓީ ހިތަދޫ ފުލެޓް ސަރަޙައްދުގައި ހުރި ސައިކަލުތަކެއްގައި ރޭ ފަތިހު އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ހިތަދޫ 11 ނަންބަރު ފުލެޓް ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ރޭ ފަތިހު 4:10 ހާއިރުއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:25 ހާއިރުއެވެ.

މި ހާދިސާގައި އަލިފާން ރޯވި ސައިކަލުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved