theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ދުނިޔެ
މޯދީގެ އަނދިރި ސޫރަ ބޭޒާރުވެއްޖެ: އިންޑިއާ ރައްޔިތުން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
04 ފެބްރުއަރީ 2026
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގުޅޭގޮތުން ފެންމަތިވެފައިވާ "އެޕްސްޓެއިން ފައިލްސް" ގެ މައުލޫމާތުތަކާއެކު، އޭނާގެ އަސްލު ސޫރަ ދުނިޔެއަށް ބޭޒާރުވެއްޖެ ކަމަށް ބުނެ އިންޑިއާގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

މި ފައިލްތަކުން ހާމަވާ ގޮތުގައި، މޯދީއަކީ އަބަދުވެސް މުސްލިމުންނާ ދެކޮޅަށް މަސައްކަތްކޮށް، މުސްލިމުން ނައްތާލުމަށް ބާރުއަޅާ ސިޔާސަތުތަކެއް ގެންގުޅޭ މީހެކެވެ. މީގެ ކުރިންވެސް އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުތަކުގެ ފަހަތުގައި މޯދީގެ އަތެއްވާކަމަށް ތުހުމަތު ކުރެވޭއިރު، މި އާ މައުލޫމާތުތަކުން އެކަން އިތުރަށް ކަށަވަރުވެގެންދާ ކަމަށް ސިޔާސީ މުހައްލިލުން ބުނެއެވެ.

މީގެ އިތުރުން، މޯދީއަކީ ސަހްޔޫނީންނަށް ވާގިވެރިވާ އަދި އިސްލާމީ އުންމަތާ ދެކޮޅު ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ މީހެއްކަން މިހާރު ވަނީ އިތުރަށް ހާމަވެފައެވެ. ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކަށް ހިތްވަރުދީ، ސަހްޔޫނީ އެޖެންޑާ ކުރިއެރުވުމަށް މޯދީ ކުރަމުންދާ މަސައްކަތްތަކަކީ މުޅި ދުނިޔޭގެ މުސްލިމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މި ފައިލްތައް ބޭޒާރުވުމާ ގުޅިގެން، މޯދީގެ އަސްލު މަގުސަދަކީ އިސްލާމްދީނާއި މުސްލިމުންނަށް ގެއްލުން ދިނުންކަން މިހާރު ވަނީ ދުނިޔެއަށް ސާފުވެފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި މޯދީއަށް އޮތް އިތުބާރު ގެއްލި، އޭނާގެ ވެރިކަމުގެ އަނދިރި ފަރާތް ވަނީ ބޭޒާރުވެފައެވެ.

އެޕްސްޓެއިން ފައިލްސްތަކުން ފެންމަތިވެފައިވާ މައުލޫމާތުތަކުން ކަށަވަރުވާ ގޮތުގައި، މޯދީގެ ސިޔާސީ ފަލްސަފާ ބިނާވެފައިވަނީ މުސްލިމުންނާ މެދު އޮތް ނަފްރަތުގެ މައްޗަށެވެ. މި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގޭ ހަރުކަށި އަމަލުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވައި، މުސްލިމުންގެ ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުންތަކަށް މޯދީ ވަނީ ވާގިވެރިވެފައެވެ. ހަމައެއާއެކު، އިސްލާމީ ދުނިޔެއާ ދެކޮޅަށް މަސައްކަތްކުރާ ސަހްޔޫނީ ބާރުތަކާއެކު ސިއްރު އެއްބަސްވުންތަކެއް ހަދައި، އެފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް މޯދީ އިސްކަންދޭކަން މި ފައިލްތަކުން ވަނީ ފަޅާއަރާފައެވެ. މިއީ މުޅި އުންމަތަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި މިހާރު ވަނީ ފާހަގަކުރެވިފައެވެ

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved