May 27, 2026
Advertisement
ޒަކާތް ދައްކަނީ
ޒަކާތް ދައްކަނީ / ސަން އޮންލައިން

އަންނަ ހޯމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

Aishath Naja
އައިޝަތު ނަޖާ
Mar 9, 2024, 05:27 PM
މާލެ ސިޓީ

ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު އަންނަ ހޯމަ ދުވަހުން ފެށިގެން ހަމަޖައްސައިފި އެވެ.

ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައިވެސް އޮންލައިން ކޮށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

Advertisement

އޮންލައިންކޮށް ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތް

  • ދިރާގް އެޕް / ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
  • އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
  • ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް
  • މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް، އެޕްލިކޭޝަން އަދި ފައިސާ ނެޓް
  • ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް
  • ބަނޑޭރި ޕޭ

ފިތުރު ޒަކާތް ބަލައިގަންނާނީ އާންމުކޮށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެ މީހަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާ އެެވެ.

ޒަކާތު ހައުސް އިން ބުނީ އޮންލައިންކޮށް ޒަކާތް ދެއްކުމަށް ފަސޭހަ ނޫން މީހުންނަށް ނުވަތަ އެކަމަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށްށެވެ.

އަދި ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި އަންނަ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގައިވެސް ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށް އިސްލާމީ މަރުކަޒުގެ ހޯލުން ޒަކާތް ބަލައިގަންނާނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved