May 1, 2026
Advertisement
ޑރ.ޖަމީލް ނޫސްވެރިންނާ ބައެްދަލުކުރައްވަނީ
ޑރ.ޖަމީލް ނޫސްވެރިންނާ ބައެްދަލުކުރައްވަނީ / އެޑިޝަން.އެމްވީ

އަދުރޭ ދައުލަތް ދަވާލާނެ: ޑރ. ޖަމީލު

Aishath Naja
އައިޝަތު ނަޖާ
Mar 9, 2024, 05:40 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދައުލަތް ދަވާލާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ޔާމީނަށް އަދުރޭ ރައްދު ދިނުމުންނެވެ.

ޑރ. ޖަމީލް ޕޯސްޓްގައި ވިދާޅުވީ އަދުރޭ އަށް މިވީ މިސްކިތު ހުޅުޖެހި މީހާ އަށް ވީވަރު ކަމަށާއި ކޯޓަށް އަތް ބާނައި ރައީސް ޔާމީނަށް އަދުރޭގެ ނުބައިކަން ދައްކާލަމުންދާ ކަމަށެވެ.

ޑރ.ޖަމީލް އިތުރަށް ވިދާޅުވީ އަދުރޭ އަކީ ރައީސް ޔާމީންގެ ގެ ކޮޅުގައި ހުންނަން ލިބުނު ފަރާތެއް ކަމަށަމާއި އެގެއިން ކައިގެން ބޮއެގެން މިއަދު އެވަރު ވެސް ބަލައި ނުގަނެވުނީތީ އަދުރޭ ލަދުގަންނަންޖެހޭ ކަމަށެވެ.

އަދުރޭ ރައީސް ޔާމިނަށް ރައްދު ދެމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަދުރޭ އަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން އަދުރޭ ދާދި ފަހުންވެސް ރައީސް ޔާމިނަށް ވަނީ ނުސީދާކޮށް އަމާޒުކޮށް ވާހަކަތަކެއް ދައްކަވާފައެވެ.

ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މިއަދު ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައި ކޯޓްގައި ލަސްވަމުން އަންނަނީ އަދުރޭ އިސްވެ ހުންނަވާ ކޯޓުތަކަށް ނުފޫޒުފޯރުވަމުންގެންދަވާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved