April 3, 2026
Advertisement
ހުޅުމާލޭގެ ކަންކަން ހައްލުކުރުމަށް އަޅުގަޑު ޖެހޭ ކައުންސިލްގައި ހުންނަން: ގައުމި ކެންޑިޑޭޓު ޒަރިޔަންދު
ހުޅުމާލޭގެ ކަންކަން ހައްލުކުރުމަށް އަޅުގަޑު ޖެހޭ ކައުންސިލްގައި ހުންނަން: ގައުމި ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

ހުޅުމާލޭގެ ކަންކަން ހައްލުކުރުމަށް އަޅުގަޑު ޖެހޭ ކައުންސިލްގައި ހުންނަން: ގައުމި ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 7, 2026, 12:29 AM
ހުޅުމާލެ ފޭސް 2

ހުޅުމާލޭގައި ގިނަ ކަންކަން ހުރީ ބޮއްސުންލައިގެން ގޮސްފައިވާ ކަމަށާ މާލޭ ރައްޔިތުންނާ އަދި އެހެނިހެން ރައްޔިތުންނާ މެދުވެސް ވަރަށް ބޮޑަށް އިހުމާލެވެފައިވާތީ ކަންކަން ރަގަޅުކުރުމަށް އޭނާ މާލޭ ސިޓީގެ ކައުުންސިލްގައި ހުންނަން ޖެހޭ ކަމަށް ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ ޑޯޓުޑޯ ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހު ހުޅުމާލޭ ހިޔާ ސަހަރުގައި ހުންނަވާ ދެއްވި ބަސްދީގަތުމެއްގައެވެ.

ޒަރިޔަންދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ހަމައަށް މިހާތަނަށް ދެވުނު ދެވުމުން އެންމެ ބޮޑަށް ފާހަގަވެފައިވާ ކަންކަމަކީ އަސާސީ ހައްގުތަކުންވެސް އެ ރައްޔިތުން މަހްރޫމުވެގެން އެތައް ދުވަހަކު ބެލެނިވެރިއަކު ނެތި ތިބެން ޖެހޭކަން ކަމަށެވެ. އެގޮތުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެނުގެ ހިދުމަތް ކެނޑި އެކަން ހައްލުކުރަން ދާންވީ މުއައްސަސާއެއް ނޭނގި ރައްޔިތުން ފެން ނުލިބ ި ތިބެން ޖެހިފައިވާކަން ވެސް އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ހައުސިން މިނިސްޓްރީއާ އެޗްޑީސީއާ ދެމެދު ރައްޔިތުން ދުވެ ދުވެ ހައްލު ނުލިބި ރައްޔިތުން އަސާސީ ހައްގުތަކުން މަހްރޫމުވެފައި ތިބެން ޖެހޭ ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ މިއަދު ކަންކަން އޮތީ ކަސިޔާރުވެފައި ކަމަށާ އެހެންކަމުން ކަންކަން ހައްލުކުރަން އޭނާ ހޮވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ނޭބާރހުޑް ތައާރަފްކޮށް ކަންކަމަށް ހައްލު ގެނެސްދޭނެކަމުގެ ޔަގީންކަން ޒަރިޔަންދުވަނީ ދެއްވާފައެވެ.

ޒަރިޔަންދު ވިދާޅުވީ އޭނާވާނީ ރައްޔިތުންގެ ޚާދިމަކަށް ކަމަށާ އޭނާއަށް ނުފޫޒުފޯނުވާނެ ސިޔާސީ މީހަކު ނާންނާނެ ކަމަށެވެ. ޒަރިޔަންދު ވިދާޅުވީ މަގާމަށްޓަކައި ރައްޔިތުންނަށް ކަންކަން ކޯށްދިނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved