April 6, 2026
Advertisement
މާލޭގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޒަރިޔަންދު ޕީއެންއެފަށް ސޮއިކުރައްވައިފި
މާލޭގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޒަރިޔަންދު ޕީއެންއެފަށް ސޮއިކުރައްވައިފި / ތޭރަ އޮންލައިން

މާލޭގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޒަރިޔަންދު ޕީއެންއެފަށް ސޮއިކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 6, 2026, 09:21 PM
މާލެ ސިޓީ

މާލޭ ސިޓީގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފަށް އަމިއްލަ އިސްނެގުމާއެކު ސޮއިކުރައްވައިފިއެވެ.

Advertisement

މީގެ ކުރިން އެމްޑީޕީއާ އަދި ޑިމޮކްރެޓްސްގައި ވެސް ހުންނަވާ ގިނަ ހިދުމަތްތަކެއް ނަޒާހަތްތެރިކަމާ އެކު ކޮށްދެއްާވާފައިވާ ޒަރިޔަންދު ޕީއެންއެފަށް ސޮއިކުރި ސަބަބަކީ ޒަރިޔަންދު ވިދާޅުވި ގޮތުގައިނގައުމީ ފިކުރާ އެކު ކުރިއަށް ދިއުމަށެވެ.

އެގޮތުން ރައީސް ޔާމީނަކީ ސިޔާސީ ވިސްނުމަށް ވުރެ ގައުމު އިސްކުރައްވާ ބޭފުޅެއް ކަމަށްވުމުންނާ ގައުމަށް ނަޒާހަތްތެރިކަމާ އެކު ހިދުމަތްކުރެވޭނީ އެފަދަ ބޭފުޅަކާ އެކުކަން އޭނާއަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވަނީ ގައުމީ ފިކުރާ އެކު ނުކުމެ ގައުމު ސަލާމަތްކުރުމުގެ މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved