April 18, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ރައީސް އޮފީހާ މާފުށި ޖަލު ތަޅުދަނޑި އޮތީ އަދުރޭ އަތުގައި: މަލީހް

Aishath Naja
އައިޝަތު ނަޖާ
Mar 9, 2024, 05:49 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަޅުދަނޑިޔާ މާފުށީ ޖަލުގެ ތަޅުދަނޑި މިއަދު އޮތީ އަބްދުއްރަހީމް އަތުގައި ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ އޭނާގެ އެކްސް ހޭންޑަލްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހް އެފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓްގައި ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ލަސްވުމުގައި އަދުރޭގެ އަތެއް އެކަމުގައި އޮންނަ ކަމަށް ގިނަ ފަރާތްތަކުން ބުނަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އިތުރަށް މަލީހް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމުގެ ޒިންމާ މިއަދު ނަންގަވަން ޖެހޭނީ އަދުގެ ރައީސް މުއިއްޒު އަދި އަދުރޭ ކަމަށެވެ.

އަދުރޭ ޕޯޑިއަމް ތަކަށް އަރައިގެން ރައީސް ޔާމީނަށް ނުސީދާ ގޮތެއްގައި ރައްދު ދެމުން އަންނަ އިރު މިއީ އެ މޭރަމުން ވާހަކަދައްކައިން އަދުރޭ އަށް ފިލޭނެ ވަގުތެއް ނޫންކަމަށްވެސް މަލީހް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

މަލީހް ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved