March 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފައިސާ ޗާޕުކުރުމުން މާލެއަށް ބޮޑު ގެއްލުމެއްވާނެ: ގައުމީ ކެންޑިޑޭޓު

Yana Shareef
ޔާނާ ޝަރީފް
Feb 10, 2026, 02:09 AM

ދައުލަތުގެ ދަރަނި ދެއްކުމަށް، ބަޖެޓަށް 26.3 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަންޖެހޭއިރު، އޭގެތެރެއަށް 30 އިންސައްތަ ޗާޕުކުރުން ނޫން ގޮތެއް ނެތްކަމަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާޢިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒަރިޔަންދު ވަނީ އިގްތިޞާދީ ހާލަތު އޮތް ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ބޭކާރު ޚަރަދު ބޮޑުވެފައިވާއިރު، މި އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި މިހާރު އެއް މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ވެސް ފައިސާ ނެތް ކަމަށާއި، މި އަހަރު ދައުލަތުގެ ކޭޝްފްލޯއަށް ބޭނުންވާ 26 ބިލިއަން ރުފިޔާގެ 30 އިންސައްތަ ޗާޕުކުރުން ނޫންގޮތެއް ނެތްކަމަށެވެ.

ފައިސާ ޗާޕު ކުރުމުން ބޭރު ފައިސާ ރައްކާކުރުމުގެ ގާބިލުކަން ގެއްލި، ގޭހާއި ތެލާއި ބޭސް އިމްޕޯޓަށް ބުރޫއަރައިފިނަމަ، އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ މާލޭގައި އުޅޭ މީހުންނަށް ކަމަށް ވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved