April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަމަޟާން މަހު ކައިވެނި ކޮށްދޭނެ ގަޑިތައް ފެމިލީ ކޯޓުން އިޢުލާންކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 10, 2026, 04:17 PM
މާލެ ސިޓީ

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ވަގުތުތަކާއި އުސޫލުތައް އެ ކޯޓުން މިއަދު އާއްމުކޮށްފިއެވެ.

Advertisement

ފެމިލީ ކޯޓުން ހާމަކުރި ގޮތުގައި، ރަމަޟާން މަހުގެ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު، ހޮނިހިރު ފިޔަވައި އެހެން ދުވަސްތަކުގައި ކޯޓުގެ ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޯޓުގެ ތެރޭގައި ކައިވެނި ކޮށްދޭނީ:

  • ހެނދުނު 09:30 އިން މެންދުރު 12:00 އަށް
  • މެންދުރުފަހު 14:00 އިން ހަވީރު 16:30 އަށް
  • ރޭގަނޑު 21:45 އިން 22:45 އަށް

މީގެ އިތުރުން، ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކަށްވެސް ވަކި ވަގުތުތަކެއް ވަނީ ކަނޑައަޅާފައެވެ. ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ މެންދުރުފަހު 14:00 އިން 16:30 އަށް އަދި ރޭގަނޑު 21:45 އިން 22:45 އަށެވެ.

ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރޭގަނޑުގެ ވަގުތުގައެވެ. އެއީ ރޭގަނޑު 21:45 އިން 22:45 އާ ދެމެދުގައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރުމަށް އިސްކަންދޭ މަހަކަށް ވުމާއެކު، ކޯޓުން މިގޮތަށް ވަގުތުތައް ކަނޑައެޅީ ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ މަގްސަދުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved