ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަަލައެއް ކޯޓުން މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވުން / ސަން އޮންލައިން
ހަބަރު
ދިވެހި އަންހެނެއްގެ 3 ފިރިން ތިބި މައްސަލައެއް!
19 ފެބްރުއަރީ 2025
މާލެ ސިޓީ

ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ކައިވެނިކޮށް އެ ކައިވެނި ރަޖިސްޓްރީ ނުކޮށް އިތުރު ކައިވެނި ކުރުމުގެ ސަބަބުން، މިހާރުވެސް ބައެއް އަަންހެނުން، ތިން ފިރިން ގެންގުޅޭ މައްސަލަތަކެއް ފެންމަތިވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ފެމިލީ ކޯޓުން ވަނީ ގެނެސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ ދަރިންނަށް ހަރަދު ނުދީ ރާއްޖެއިން ބޭރަށް ގޮސް އިތުރު ކައިވެނިތައް ކުރާ މައްސަލަތަކާއި ރަޖިސްޓްރީނުކޮށް ކޯޓުން ބޭރުގައި ކައިވެނިކޮށް އުޅޭ މައްސަލަތައް ފާހަގަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަނާއި ފެމިލީ ކޯޓުގެ އިތުރުން، ފެމިލީ ލީގަލް ކްލިނިކްއިން ބައިވެރިވިއެވެ.

ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ކޮމިޓީގައި ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ކައިވެނި ރަޖިސްޓްނުކޮށް ތިބުމުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންކަން ހިނގާފައި އެބަ ހުރި ކަމަށެވެ. އެގޮތުން ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މައުސޫމް ވިދާޅުވީ، މިއީ އެންމެ އަންހެނެއްގެ ފަރާތުން ފެނުނު މައްސަލަތަކެއް ކަމަށެވެ. އެކަމަކު މިފަދަ އިތުުރު މައްސަލަތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ މުޖުތަމއު ތެރޭގައި މަޑު މަޑުން ފެތުރެމުން އަންނަ ނުރައްކާތެރިކަމެއް ކަމަށެވެ.

ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައިގެ ތަފްސީލުގައި ވަނީ އަންހެން މީހާ ރާއްޖޭން ބޭރުގައި ފުރަތަމަ ކައިވެނިކޮށް އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވެން ނެތުމުން އަމިއްލަ އަމިއްލައަށް އެ ކައިވެނި ދޫކޮށްލީ އެވެ.

އެއަށްފަހު ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެންޏެއް ކޮށް އެ ކައިވެނި ރަޖިސްޓްރީ ކުރަން ކޯޓަށް ދިޔައިރު، ފުރަތަމަ ކައިވެނީގެ ލިޔެކިޔުންތައް ވެސް ކޯޓުގައި ހުރުމުން އެ ދެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅެނީސް އިތުރު ކައިވެންޏެއް ފަހުން އެ އަންހެން މީހާ ކޮށްފައިވުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved