theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ފެމިލީ ކޯޓު / ތޭރަ އޮންލައިން
ހަބަރު
ރޯދަ މަހުގައި ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފި
Fathmath Reem
ފާތުމަތު ރީމް
06 މާރިޗު 2024
މާލެ ސިޓީ

މި އަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް އާންމުކޮށްފި އެވެ.

އެ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހުގެ ތެރޭގައި ކޯޓުގައި ކައިވެނިކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30 އިން 12:30 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ކަމަށެވެ. ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށް ކަމަށެވެ.

ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކައިވެނިކޮށްދޭ ގަޑިތަކަށް ވެސް ފެމިލީ ކޯޓުން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އެ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:30 އިން 12:30 އަށް އަދި ހަވީރު 16:00 އިން 17:30 އަށެވެ.

އެ ދުވަސްތަކުގައި ރޭގަނޑު ކައިވެނިކޮށްދޭނީ ކޮންމެ ދުވަހެއްގެ 19:30 އިން 21:30 އަށް ކަމަށް ފެމިލީ ކޯޓުން ވަނީ ހާމަކޮށްފަ އެވެ.

ކުރިއަށް އޮތް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?