ފެމިލީ ކޯޓު: އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލަތަކެއް ކޯޓުގައި އެބަ އޮތް ކަމަށް ފެމެލީ ކޯޓުން ބުނި - / ސޯޝަލް މީޑިއާ
ހަބަރު
އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް..!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
19 ފެބްރުއަރީ 2025
މާލެ ސިޓީ

އެއް އަންހެނަކު ކޯޓުގައި ރަޖިސްޓަރީ ކުރުމެއް ނެތި ތިން ކައިވެންޏެއް ކުރުމުގެ ސަބަބުން އެ މީހާގެ ތިން ފިރިން ތިބި މައްސަލަތަކެއް ކޯޓުތަކުގައި އެބައޮތް ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ.

މިމައްސަލަ ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހްމަދު މައުސޫމު ހާޒިރުވެ ދެއްކެވި ވާހަކަތަކެއްގެ ތެރެއިންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ ބޭރު ގައުމުތަކަށް ގޮސް ކޯޓުން ބޭރުގައި ކައިވެނިކޮށް، ފެމެލީ ކޯޓުގައި ކައިވެނި ރަޖިސްޓްރީ ނުކޮށް ތިބުމުގެ ސަބަބުން އެއް އަންހެނެއްގެ ތިން ފިރިން ހުރި މައްސަލައެއް ވެސް ދިމާވެފައިވާ ކަމަށެވެ.

ދެވަނަ ކައިވެނި ރަޖިސްޓަރީ ކުރަން ކޯޓަށް ހުށަހެޅިއިރު ފުރަތަމަ ކައިވެނީގެ ލިޔުންތައްވެސް ކޯޓުގައި ހުރި ކަމަށާއި އެކަން ކޯޓުން ބަލަައި ގޮތްތަކެއް ނުނިންމަނީސް އަންހެން މީހާ ތިންވަނަ ކައިވެންޏެއްވެސް ކޮށްފައިވާ ކަމަށްވެސް މައުސޫމު ވިދާޅުވި އެވެ.

މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ އަޅުގަނޑުމެންގެ ނަސަބު ވެސް އޮޅިގެން ހިނގައިދާނެ ކަމެއް. ނޭދެވޭ ވަރަށް ގިނަ ކަންކަން ނުކުމެދާނެ ކަމެއް،

- މައުސޫމު

މައުސޫމް ވިދާޅުވީ ރާއްޖޭން ބޭރުގައި ކައިވެނިކުރަން ބޭނުންވި ނަމަވެސް ފެމެލީ ކޯޓުގެ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހުއްދަ ނުނަގާ ކުރާ މިފަދަ ކައިވެެނިތައް އިތުރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved