theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
ދެ ވޯޓު އެއްކޮށްލުން ގުޅެނީ ވެރިކަމުގައި ހުރުމުގެ މަކަރުވެރި ރޭވުންތަކާ: ގައުމީ ކެންޑިޑޭޓު
Yana Shareef
ޔާނާ ޝަރީފް
11 ފެބްރުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކީ ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގަން ނިންމުމަކީ ރައީސް މުހައްމަދު މުއިއްޒު އިތުރު ދައުރުތަކަކަށް ހުރުމަށް ރާވާފައިވާކަމެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޱޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޒަރިޔަންދު ވަނީ އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލު އިންތިހާބުގެ ވޯޓާ އެކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާ މެދު ފެންނަ ނުފެންނަ ވޯޓު ނަގަން މަޖިލީހުން ފާސްކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ޒަރިޔަންދު ވިދާޅުވީ، ކައުންސިލު އިންތިހާބާ ދިމާކޮށް މި ވޯޓު ނަގަން ސަރުކާރުން ނިންމީ މި އިންތިހާބުތަކަކީ އެންމެ މަދުން ވޯޓު ލާ އިންތިހާބުކަން އެނގިތިބެ ކަމަށެވެ. އަދި މި ގޮތަށް ރޭވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިތުރު ދައުރުތަކަކަށް ހުރުމަށް ރާވާފައިވާ މަކަރުވެރި ރޭވުންތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލު އިންތިހާބުގެ ވޯޓާ އެކީ ރެފަރެންޑަމް ވޯޓު ނަގަން ގޮތަށް ފަހިކޮށްދިން މައްސަލައިގައި ޒަރިޔަންދު ވަނީ މަޖިލީހަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި، މަޖިލީހުގައި ތިބޭ ޕީއެންސީގެ މެންބަރުންނަކީ، ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ފަހުން ސަރުކާރަށް ތަބާވާން މަޖުބޫރުކޮށްފައިވާ ސުޕަމެޖޯރިޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަރިޔަންދު ވަނީ މި އިސްލާހަށް ނޫނެކޭ ބުނަން ރައްޔިތުންނަށް ގޮވާލާފަ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނުން އޭނާ ސިފަކުރެއްވީ "ހުދުމުހުތާރު ވެރިކަމަކުން ސަލާމަތްކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ފަހުގެ ފުރުސަތު" ގެ ގޮތުގަ އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved