April 3, 2026
Advertisement
-
- / ތޭރަ އޮންލައިން

ސިޓީ ކައުންސިލްގެ މީޑިޔާ ބައިގައި ތިބެ ކޮރަޕްޝަން ހިންގި ބަޔަކަށް އަޅުގަޑު ގުނޑުވާނުލެވޭނެ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 12, 2026, 02:01 AM
މާލެ ސިޓީ

މީގެ ކުރިން މާެ ސިޓީ ކައުންސިލްގެ މީޑިޔާ ބައިގައި ތިބެ، އެތަނުގައި ހިންގި ތަފާތު އެކި ކޮރަޕްޝަންގައި ބައިވެރިވެ ނަފްސު ކިލަނބުވެފައި ތިބި ބަޔަކަށް އޭނާއާ މެދު ވަހުމު އުފައްދައިގެން އަޒުމް ގުނޑުވާނުލެވޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމައިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ ޓޯކުސް ވިތު ޒަރިޔަންދު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަކީ 2028 ވަނަ އަހަރުގެ ވެރިކަމުގެ ހަރުފަތެއްގެ ގޮތުގައި ބައެއް ސިޔާސީ ފަރާތްތަކުން ދެކޭއިރު، ސަރުކާރުން ދެކެނީ މިއީ ރައީސް މުހައްމަދު މުއިއްޒަށް އިތުރު ދައުރެއް ހޯދުމަށާއި ރައްޔިތުންނަށް ތަރައްގީ ކަށަވަރުކުރަން މުހިއްމު ވޯޓެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް އޭނާގެ ފޯކަސް ހުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމަށް ނޫން ކަމަށާއި ނިޔަތަކީ މާލޭގެ ރައްޔިތުންނަށްޓަކައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެގޮތުން މާލެއަކީ ހުރިހާ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަމާއެކު އުޅެވޭނެ އަމާން ބިމަކަށް ހެދުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުގެ ގޮތުގައި ޒަރިޔަންދު ފާހަގަކުރައްވާފައިވެއެވެ.

އޭނާއާ މެދު ވަހުމު އުފައްދަން އެކި ގޮތްގޮތުން މަސައްކަތްކުރަނީ މީގެ ކުރިން ސިޓީ ކައުންސިލްގެ މީޑިޔާ ބައިގައި ތިބެ އެތަނުގައި ހިންގި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވެފައިވާ މީހުން ކަމަށް ވިދާޅުވެ ޒަރިޔަންދު ވިދާޅުވީ އެފަދަ އެއްވެސް ނުފޫޒަކަށް އޭނާ ގުނޑުވާނުލެވޭނެ ކަމަށާ އޭނާ ހުންނާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ މޭޔަރު އިންތިހާބު ކާމިޔާބުކޮށް އޭނާ ވަޑައިގަންނަވާނީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަމުން ކަމަށެވެ. އޭގެތެރޭގައި ސިޓީ ކައުންސިލް މީޑިޔާ ބައިގައި ތިބެ ކޮރަޕްޝަން ހިންގި މީހުންގެ މައްސަލަ ބެލުންވެސް އޮންނާނެ ކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved