theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
ފޯޅަވަހީގެ ވާހަކަ މި ސަރުކާރުން ތިލަކުރަނީ ކައުންސިލް އިންތިހާބަށް ދޮންކުރަން: ބޮންޑާ
Mariyam Isaadha
މަރިޔަމް އިސާދާ
11 ފެބްރުއަރީ 2026
މާލެ ސިޓީ

ފޯޅަވަހީގެ ވާހަކަ މި ސަރުކާރުން ތިލަކުރަނީ ކައުންސިލް އިންތިހާބަށް ދޮންކުރަން ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމު ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، ހަގީގަތުގައި ރާއްޖެއިން ފޯޅަވައްސާ މެދުގައި ކުރަނީ ހިސްޓޮރިކަލް ކްލެއިމެއް ކަމަށާ އެހެންކަމުން ފުރަތަމަ އެ ތަން ހޯދަން ދާއިރު ތާރީޚުގައި ކަން ހިނގާފައި އޮތް ގޮތް ބަލާ އެމީހުންނަށް ޖަވާބުދެވޭ މިންވަރަށް ކަންކަން ވެރިންނަށް ސާފުވާން ޖެހޭ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރަށް ރާއްޖެއިން ވަކާލާތު ކުރާއިރު އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ ކުރީ ސަރުކާރުން ފޮނުވި ސިޓީ ބާތިލުކޮށް މި ސަރުކާރުން ފޮނުވި ސިޓީ ހާމަކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރުން ކަމަށާ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައުމާ އެކު އޭރު ޑިމޮކްެރެޓުސްގައި ތިބި 13 މެމްބަރުން އެކަމަށް އެދުނު ކަމަށެވެ.

ނަމަވެސް އެކަން ނުކޮށް މިސަރުކާރުން ވެސް ލަސްކުރުމަށް ފަހު މިހާރު އެ މައްސަލަ ސިޔާސީ ބޭނުމަކަށް ތިލަކުރުމުން ދުނިޔެއަށްވެސް ޝޮކެއް ލިބިގެން އުޅޭ ކަމަށްވެސް ބޮންޑޭގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ބޮންޑޭ ވިދާޅުވީ އަދިވެސް ރާއްޖެއިން މަސައްކަތްކުރަން އޮތް މަގުން މަސައްކަތްކޮށްފިނަމަ ރާއްޖެއަށް ފޯޅަވަހި ލިބޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved