theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ފޯޅަވަހި ގެއްލުނީ ވެރިންގެ އިހުމާލުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
15 ފެބްރުއަރީ 2026
މާލެ ސިޓީ

ފެހެންދީބު އަތޮޅު ނުވަތަ ފޯޅަވަހި ދިވެހިރާއްޖެއަށް ގެއްލުނީ ވެރިންގެ އިހުމާލުން ކަމަށް ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ނުވަ ވަނަ ހަސަން ރަސްގެފާނާ ހަމައިން ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަން އެނގި ހާމައަށް އޮތްއިރު އެތަނަކީ ރާއްޖޭގެ އަށި މަތީގައި ނުވަތަ އާކިޕެލޮގޯގައި އޮތްތަނެއްކަން ދުނިޔޭގެ ޗާޓަށް ބަލާލުމުން ވެސް އެނގޭނެ ކަމަށެވެ.

އެގޮތުން މަލިކުވެސް ފޯޅަވަހިވެސް އޮތީ ރާއްޖޭގެ އަށި މަތީގައި ކަމަށާ ބާރުވެރި ފަރާތްތަކުން އެކަންކަމަށް ޗެލެންޖު ކުރުމަކީ ތަފާތުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން އެތަނަކީ އެމީހުންގެ ތަނެއް ކަމަށް ދައުވާ ކުރުމުން އެމީހުންނަށް އެ ޓެރިޓަރީ ނުވަތަ ސަރަހައްދު ހިތަކަށް ދޫކޮށްލުމަކީ ކުރިން ރަސްކަން ކުރެއްވި ރަސް ރަސްކަލުންނާ އަދި ވެރިންވެސް ކުރި ވިޔާނުދާކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުއާ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެވެސް އިހުމާލު ހިމެނޭހެން މޮރިޝަސްއަށް ފޯޅަވަހި ލިބިގެން ދިޔަކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެތަން އަނބުރާ ހޯދުމަށް ވެރިން މަސައްކަތް ނުކުރި ސަބަބާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ނަޝީދުއާ ސޯލިހުވެސް ފޯޅަވަހީގެ ސިޔާދަތީ ބާރު ދޫކޮށްލުމުން މި ސަރުކާރުން ވެސް އެ ކަމަށް ތިން އަހަރު ވެގެންދާއިރު އެދެވިގެންވާ މަސައްކަތެއް ނުކޮށް ތިބުމަށް ފަހު ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ފޯޅަވަހީގެ ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved