June 17, 2026
Advertisement
މޯލްޑިވް ގޭހުން ގޭސްފުޅިތައް ރީފިލްކުރާ އަގު ބޮޑުކޮށްފި
މޯލްޑިވް ގޭހުން ގޭސްފުޅިތައް ރީފިލްކުރާ އަގު ބޮޑުކޮށްފި / މޯލްޑިވް ގޭސް

މޯލްޑިވް ގޭހުން ގޭސްފުޅިތައް ރީފިލްކުރާ އަގު ބޮޑުކޮށްފި

Jun 17, 2026, 01:21 PM
މާލެ ސިޓީ

ސަރުކާރުގެ ގޭސް ކުންފުނިން ފުޅިތަކަށް ގޭސް އަޅައިދޭ އަގު ބޮޑުކޮށްފިއެވެ.

Advertisement

އެގޮތުން މޯލްޑިވް ގޭސްއިން ވަނީ، ރާއްޖެއަށް އެތެރެ ކުރާ އެ ކުންފުނީގެ ގޭހުން 45 ކިލޯއާއި 22 ކިލޯގެ ގޭސް ފުޅި ރީފިލްކޮށްދޭ އަގު ބޮޑުކޮށްފައެވެ.

އެ ކުންފުނިން، ކުރިން 1،170 ރުފިޔާއަށް ރީފިލްކުރެވޭ 45 ކިލޯގެ ގޭސް ފުޅިއެއް މޯލްޑިވް ގޭސްއިން މިހާރު ރީފިލްކޮށްދެނީ، 1،345.50 ރުފިޔާއަށެވެ. އަދި، ކުރިން 400 ރުފިޔާއަސް ރީފިލްކޮށްދިން 22 ކިލޯގެ ގޭސް ފުޅި، މިހާރު އެ ކުންފުނިން ރީފިލްކޮށްދެނީ، 500 ރުފިޔާއަށެވެ.

މޯލްޑިވް ގޭހުން މި ބަދަލުތައް ގެނައި ސަބަބާ ގުޅޭ ގޮތުން ބަހެއް ހޯދާލަން އެ ކުންފުނީގެ އެމްޑީ އަބްދުﷲ މުހައްމަދަށް މެސެޖުކޮށްަލުމުން ޚަބަރު ޝާއިއުކުރުމާ ހަމައަށް ބަހެއް ލިބިފައި ނުވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު މޯލްޑިވް ގޭސްއިން، ވަނީ ގޭސް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން, މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅި ވެސް ވިއްކައިފައެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލު ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved