theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ގގ / ޕޮލިސް މީޑިޔާ
ހަބަރު
ސީޕީ އިސްމާއީލް ނަވީން ކުއްލި ގޮތަކަށް ރިޓަޔާ ކުރައްވަން ނިންމަވައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
15 ފެބްރުއަރީ 2026
މާލެ ސިޓީ

މި ސަރުކާރުގެ ދެވަނަ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން، ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޓަޔާ ކުރައްވަން ނިންމެވިކަން ނަވީން މިހާރު ވަނީ ފުލުހުންގެ އިސްވެރިންނަށް އަންގަވާފައެވެ. ނަމަވެސް، މި ނިންމެވުމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، މިހާ ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަންނަވާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ނަވީން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ސީޕީގެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ، ސީޕީ ނަވީން ހިމެނޭ ގޮތަށް ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމާފައެވެ. އެއީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، އެ ފިޔަވަޅު މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެއެވެ.

އިސްމާއީލް ނަވީން އަކީ ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތާން ކުއީންސްލޭންޑާއި މެލޭޝިއާގެ ސްޓެމްފޯޑް ކޮލެޖުން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved