April 5, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ ވިހަ ދުމުން ރާއްޖޭގެ ވައި ތަޣައްޔަރުވުން: ސަރުކާރު ހިމޭންކަމެއްގައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 18, 2026, 01:34 AM
މާލެ ސިޓީ

އިންޑިއާގެ ކާރުހާނާތަކުން ބޭރުކުރާ ނުރައްކާތެރި ވިހަ ދުމުގެ އަސަރު މުޅި ރާއްޖެއަށް ފޯރައި، ރާއްޖޭގެ ވައި ނުހަނު ބޮޑަށް ތަޣައްޔަރުވަމުންދާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެއްޖެއެވެ.

Advertisement

މިކަމުގެ ސަބަބުން ނޭވާލާ ނިޒާމުގެ އެކި ބަލިތައް ރާއްޖޭގައި އިތުރުވެ، ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ "ޕޮލިއުޓަރ ޕޭސް" އުސޫލުގެ ދަށުން، ތިމާވެށި ތަޣައްޔަރުކުރާ ގައުމުތަކުން އޭގެ ނޭދެވޭ އަސަރުކުރާ އެހެން ގައުމުތަކަށް ބަދަލު ދޭންޖެހެއެވެ. އެހެންކަމުން، ރާއްޖޭގެ ވައި ސާފުކުރުމުގެ ފުރިހަމަ ޒިންމާ އިންޑިއާއިން އުފުލަންޖެހޭނެ ކަމަށް ތިމާވެށީގެ މާހިރުން ވިދާޅުވެއެވެ.

މި މައްސަލައިގައި ސަރުކާރު ޒިންމާދާރުކުރުވުމުގެ ގޮތުން، އިންޑިއާއާއެކު މިކަމާ ބެހޭގޮތުން މަޝްވަރާކޮށް ބަދަލު ހޯދުމަށް ގޮވާލުންތައް ދަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި "އެއަރ ޕިއުރިފިކޭޝަން" ނުވަތަ ވައި ސާފުކުރާ ޒަމާނީ އުޅަނދުތައް ސަރުކާރުން ވަގުތުން ގެނެސް، ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށް އިސްކަންދޭންޖެހޭ ކަމަށްވެސް އާންމުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved