February 21, 2026
Advertisement
Trump
Trump / އަލްޖަޒީރާ

އީރާނަށް ހަމަލާދިނުމަށް ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ނުދިން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 19, 2026, 11:11 PM
މާލެ ސިޓީ

އިންޑިއާ ކަނޑުގައި އޮންނަ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާ، އީރާނާ ދެކޮޅަށް ދީފާނެ ހަމަލާތަކުގައި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން އެމެރިކާއަށް ނުދޭން ނިންމާފައިވާ ކަމަށް "ދަ ޓައިމްސް" ނޫހުން ރިޕޯޓުކޮށްފިއެވެ.

Advertisement

އިނގިރޭސިވިލާތުގެ މި ނިންމުމަކީ މެދުއިރުމަތީގެ މަސްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. މީގެ ކުރިން އެމެރިކާއިން ވަނީ އެ ގައުމުގެ ދުރު ރާސްތާގެ ބޮން އަޅާ ބޯޓުތައް މި ސަރަހައްދުގައި ހިންގާ އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޑިއޭގޯ ގާސިއާގެ ބޭސް ބޭނުންކޮށްފައެވެ.

އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އިނގިރޭސިވިލާތުން މިފަދަ ހުއްދައެއް ނުދިނުމަކީ އެމެރިކާގެ އަސްކަރީ ރޭވުންތަކަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރީ ބާރު މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް ފޯރުވުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ.

މި ނިންމުމާއެކު، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދަން އުޅޭ އުދުވާނީ އަމަލުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އޮތް ތާއީދު ކުޑަކަން ހާމަވެގެންދެއެވެ. އަދި މިއީ އެމެރިކާގެ ހަނގުރާމަވެރި ސިޔާސަތުތަކަށް އިނގިރޭސިވިލާތުން ދިން ނުސީދާ އިންޒާރެއް ކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved