February 21, 2026
Advertisement
އަލީ ހުސެއިން
އަލީ ހުސެއިން / ތޭރަ އޮންލައިން

އަޅުގަނޑުމެންގެ ނިޒާމު ފަރުމާކޮށްފައިވަނީ ޝަރުޢީ ދާއިރާ ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަށް: އަލީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 21, 2026, 05:13 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ނިޒާމު ފަރުމާކޮށްފައިވަނީ ޝަރުޢީ ދާއިރާ ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަށް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އަދަބު ދިނުމުގެ ގޮތުންނާއި އެމެރިކާއަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް އެކި ލެލެވްގައި އެޅި ޓެރިފްގެ ފިޔަވަޅުތަކަކީ އޭނާ އެޅުއްވި ޣައިރު ގާނޫނީ ފިޔަވަޅުތަކެއްކަމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމިކަން ހާމަކުރާ ޚަބަރެއް ހިއްސާކުރައްވާ އަލީ ވިދާޅުވެފައިވަނީ، އެފަދައިން ކަންކަން ހިނގަނީ ސުޕްރީމު ކޯޓަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމަކާ ބާރެއް ލިބފައިވާތީ ކަމަށެވެ.

ނަމަވެސް ދިވެހިރާއްޖޭގައި އެކަން އޮތީ ދިމާ އިދިކީލަކޮށްކަން ފާހަގަކުރައްވާ އަލީ ވިދާޅުވެފައިވަނީ، އަޅުގަނޑުމެންގެ ނިޒާމު ފަރުމާކޮށްފައިވަނީ ޝަރުޢީ ދާއިރާ ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަށް ކަމަށެވެ.

އަލީ މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ ދުސްތޫރީ މައްސަލައިގައިވެސް ރައީސްގެ ނުފޫޒާއެކު މުޅި ސުޕްރީމު ކޯޓުގެ ބެންޗު ބަދަލުކޮށް ޖޭއެސްސީއިން ވަނީ މިފަހަކުން ވެސް ޝަރުއީ ނިޒާމުގައި ފެންނާނެ އެންމެ ނާތަހުޒީބު އަމަލު ދައްކާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved