May 17, 2026
Advertisement
ހައްގުތަކަށް ހުރަސްއެޅުމުގެ ގޮތުން ހައްޔަރުކުރި ނަމަވެސް ރައްޔިތުންގެ އަޑު ކަނޑުވާ ނުލެވޭނެ: އަލީ ހުސެއިން
ހައްގުތަކަށް ހުރަސްއެޅުމުގެ ގޮތުން ހައްޔަރުކުރި ނަމަވެސް ރައްޔިތުންގެ އަޑު ކަނޑުވާ ނުލެވޭނެ: އަލީ ހުސެއިން / ސަން

ހައްގުތަކަށް ހުރަސްއެޅުމުގެ ގޮތުން ހައްޔަރުކުރި ނަމަވެސް ރައްޔިތުންގެ އަޑު ކަނޑުވާ ނުލެވޭނެ: އަލީ ހުސެއިން

May 14, 2026, 02:19 PM
މާލެ ސިޓީ

ހައްގުތަކަށް ހުރަސްއެޅުމުގެ ގޮތުން އިހުތިޖާޖުތަކަށް ނުކުންނަ ރައްޔިތުން ހައްޔަރުކުރި ނަމަވެސް ގައުމުގެ ރައްޔިތުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވެފައިވަނީ، "އަދަދު" ނޫހުގެ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 9 މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އަޅި ވިދާޅުވީ،  އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށެވެ. އަދި އެ ހައްގުތަކަށް ހުރަސްއެޅުމުގެ ގޮތުން މީހުން ހައްޔަރުކޮށް ބަންދުކުރި ނަމަވެސް، ރައްޔިތުންގެ އަޑު ކަނޑުވާލައި ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. އަދި އޭނާ ވަނި އިހުތިޖާޛުގެ ބައިވެރިން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާވެސް ލާފައެވެ.

 ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ބުދަ ދުވަހުގެރޭ  ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާ، ބާކީ ތިބި 9 މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ.

މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނަމުންދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved