February 25, 2026
Advertisement
އައިލެންޑް ޕާފިއުމްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
އައިލެންޑް ޕާފިއުމްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި / ތޭރަ އޮންލައިން

އައިލެންޑް ޕާފިއުމްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 23, 2026, 02:43 PM
ހުޅުމާލެ ފޭސް 1

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ސެންޓު އުފައްދަން ފެށި އައިލެންޑް ޕާފިއުމްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

Advertisement

ހޯމަ ދުވަހުގެރޭ ހުޅުވި މި ފަހާޜައިން މުޅިން އައު ހިދުމަތްތަކެއްވެސް ލިބިގެން ދާނެ ކަމަށް އެ ފިހާރައިގެ ްފަރާތުން ވާހަކަ ދައްކަމުން ހަސަން ވަނީ ބުނެފައެވެ. އެގޮތުން ޕާފިއުމުގެ ނޯޓްސްތަކެއް އަލަށް ހުޅުވި އައިލެންޑް ޕާފިއުމްގެ ފިހާރައިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ސްޓޯބެރީ ޕައިންއެޕަލް ފަދަ ފްލެވާރތައް ހިމެނެއެވެ.

އައިލެންޑްގެ ޕާފިއުމުގެ މި އައު ފިހާރަ ހުޅުވާ ދިނީ އެ ފިހާރައިގެ ހަތަރު ޑިރެކްޓަރުންގެ މަންމައިންނެވެ. އެ ފިހާރަ ހުންނާނީ ހުޅުމާލޭ ލޮޓު 11200 ގައި ނިރޮޅުމަގުގައެވެ. 

އައިލެންޑް ޕާފިއުމްއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުތައް އުފެއްދުމުގެ އިތުރުން، ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާއެވެ. 

އައިލެންޑް ޕާފިއުމް ބާއިން ބޭރުން ގެންނަނީ އޮރިޖިނަލް ޕާފިއުމް އޮއިލް އެވެ. ތަފާތު ކަމަކީ އެ ތަނުގެ އަމިއްލަ ޑިޒައިނެއްގެ ފުޅިތަކަކަށް އަޅާ ކަމެވެ.

އެއީ ވަރަށް ސިމްޕަލް ޑިޒައިނަކަށް ފަރުމާކޮށްފައިވާ ފުޅިތަކެކެވެ. ކަޅު ލޭބަލްއެއްގައި އެ ސެންޓެއްގެ ނަމާއި އައިލެންޑް ޕާފިއުމްގެ ލޯގޯ އަދި ސެންޓު ފުޅީގެ ސައިޒު ހުންނަނީ ޖަހާފަ އެވެ. އެ ތަނުން ވިއްކަނީ ދެ ސައިޒެއްގެ ފުޅިތަކެވެ. އެއީ 50 އެމްއެލގެ ފުޅިއާ 100 އެމްއެލްގެ ފުޅިއެވެ. 

އެ ތަނުން ވިއްކާ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު، އެ ފިހާރައިގެ ވެބްސައިޓް އަދި އިންސްޓަގްރާމް ޕޭޖުން ނުވަތަ 7558822 ނަންބަރަށް ގުޅައިގެން ވެސް ބަލައިލެވޭނެ އެވެ. އަދި ގަންނަ ޕްރޮޑަކްޓުތައް އިތުރު އަގަކާ ނުލާ މާލެ، ހުޅުމާލެ އަދި އަތޮޅު ފެރީތަކާ ހަމައަށް ޑެލިވާ ކޮށްދޭނެ އެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved