theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް
ސިޔާސީ
މުއިއްޒު ހުޅުމާލޭގެ ކަންކަން ކައުންސިލްގެ ދަށަށް ނުގެނައީ ކީއްވެ؟ ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
15 ޖެނުއަރީ 2026
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ހުޅުމާލޭގެ މުނިސިޕަލް ކަންތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ނުގެނައި ސަބާބާ މެދު ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ސުވާލު އުފައްދަވާފައިވަނީ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވި ފަދައިން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ނުގެނެވިގެން އުޅެނީ މާލޭގެ މޭޔަރުގެ އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ވުމަށް ރައީސް ޔާމީން ވަނީ އިޝާރާތްކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ މާލޭގެ މިހާރުގެ މޭޔަރ އާދަމް އާޒިމް އެކަން ދޮގުކުރައްވާކަން ފާހަގަކުރައްވާ އާޒިމްގެ ވާހަކަ އެމަނިކުފާނު ގަބޫލުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ. އެއީ ރައީސް މުއިއްޒަކީ ދޮގެއް ހެދެން އޮއްވާ ތެދު ހައްދަވާނެ ބޭފުޅެއް ނޫންކަން އެމަނިކުފާނުގެ އަމަލުން ފެންނަމުންދާތީ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ހުޅުމާލޭގެ ކަންކަން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަަދަލުކުރުމުގެ ވިސްނުން ހުރިއިރު އަމިއްލައަށް މޭޔަރުކަމުގައި ހުންނަވާ މުއިއްޒު އެކަން ނުކުރެއްވީ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ހުރިހާ ކަމެްގެ ވެސް ޗެމްޕިއަނަށް ވެވަޑައިގަންނަވަން މަސައްކަތްކުރައްވާ ބޭފުޅެއް ނަމަވެސް އެއްވެސް ކަމެއްގައި ޗެމްޕިއަނަކަށް ނުވެވޭކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved