February 27, 2026
Advertisement
India
India / ސޯޝަލް މީޑިއާ

ހިންދޫއިން ކަލާނގެ ކަމަށް ގަބޫލުކުރާ ގެރިއެއް ތަރާވީހް ނަމާދު އަޑުއަހަން ކޮންމެ ރެޔަކު މިސްކިތަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 25, 2026, 09:27 PM
މާލެ ސިޓީ

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ހިންދޫންނަކީ ބުދުތަކަށާއި، ތަފާތު އެކި ޖަނަވާރުތަކަށް އަޅުކަންކުރާ ބައެކެވެ. މިގޮތުން ހިންދޫން ކަލާނގެއެއްގެ ގޮތުގައި ދެކޭ ގެރިއެއް، ރަމަޟާން މަހުގެ ކޮންމެ ރެޔަކު ތަރާވީޙް ނަމާދު ކުރާ ގަޑީގައި މިސްކިތް ކައިރިއަށް އައިސް ޤުރުއާން އަޑުއަހަން މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯތަކެއް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

Advertisement

މި ހާދިސާ ހިނގަމުންދަނީ އިންޑިއާގެ އަވަށެއްގައެވެ. އެ އަވަށުގެ މީހުން ބުނާ ގޮތުގައި، ރަމަޟާން މަސް ފެށުނީއްސުރެ ކޮންމެ ރެޔަކުވެސް އިޝާ ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ތަރާވީޙް ނަމާދު ނިމެންދެން މި ގެރި މިސްކިތުގެ ދޮރުމަތީގައި ނުވަތަ މިސްކިތާ ވަރަށް ކައިރީގައި މަޑުކޮށްލައިގެން އޮވެއެވެ. އަދި ނަމާދު ނިމި މީހުން މިސްކިތުން ފައިބަން ފެށުމުން ނޫނީ އެ ސަރަހައްދު ދޫކޮށް  ނުދެއެވެ.

މި މަންޒަރު ފެންނަ ވީޑިއޯތަކަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައިވަނީ، މިއީ ހިންދޫން ކަލާނގެއެއްގެ ގޮތުގައި ބަލައިގެން އުޅޭ ގެރިއަކަށް ވީނަމަވެސް، އެ ޖަނަވާރުވެސް ޤުރުއާނުގެ މުޢުޖިޒާތާއި އެ އަޑުގެ ފޮނިކަމަށް ލެނބިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. ހިންދޫ ދީނުގެ މީހުން ގެރިއަކީ ކަލާނގެއެއް ކަމަށް ގަބޫލުކޮށް، އޭގެ ކުޑަކަމުދާ ތަކެއްޗާއި ގޮމަޔަކީ ބަރަކާތްތެރި އެއްޗެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް، މިއީ އެއްވެސް ބުއްދިއެއް ނެތް ތާކުންތާކު ނުޖެހޭ އަމަލުތަކެއްކަން މުސްލިމުން ފާހަގަކުރެއެވެ.

އިންޑިއާގައި ހިންދޫންގެ ހަރުކަށި ފިކުރު އިތުރުވެ، މުސްލިމުންނަށް ކުރާ ގޯނާތައް އިތުރުވަމުންދާއިރު، އެމީހުން އަޅުކަންކުރާ ގެރިއެއް މިސްކިތް ކައިރީގައި ކުރުއާން އަޑުއަހަން އޮތުމަކީ ގިނަ ބަޔަކު އަޖައިބުވެ އަންތަރީސްވި ކަމެކެވެ. މިއީ އިސްލާމްދީނުގެ ހައްގުކަން ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved