March 1, 2026
Advertisement
ViA
ViA / ސޯޝަލް މީޑިއާ

ހަމަލާތަކާއެކު މެދުއިރުމަތިން ރާއްޖެ އަންނަ ފްލައިޓްތައް ކެންސަލްވެ ވީއައިއޭ ތޮއްޖެހިއްޖެ

Yana Shareef
ޔާނާ ޝަރީފް
Feb 28, 2026, 10:42 PM

އެމެރިކާ އާއި އިސްރާއީލު ގުޅިގެން އިރާނަށް ދިން ހަމަލާގެ ބަދަލެއްގެ ގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާގެ ގިނަ ބޭސްތަކަކަށް އިރާނުން ހަމަލާދިނުމާއި ގުޅިގެން އެސަރަހައްދުން ރާއްޖެ އަންނަ ހުރިހާ ފްލައިޓެއް ކެންސަލްވެއްޖެއެވެ. 

Advertisement

އިރާނުން މެދު އިރުމަތީގެ ގައުމުތަކަށް ހަމަލާދިނުމާއި އިސްރާއީލާއި އެމެރިކާއިން އިރާނަށް ހަމަލާދިނުމާއި ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އެއާއެކު އެސަރަހައްދުން ދަތުރުކުރާ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ.

ހަމަލާތަކާއި ގުޅިގެން ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިން، އަބޫދާބީ އާއި ދޯހާއަށް ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ.ރާއްޖެ އަށް ޔޫރަޕުންނާއި އެހެން ސަރަހައްދުތަކުން އަންނަ ޓޫރިސްޓުން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލަކީ ދުބާއީ އާއި ދޯހާ އެވެ. އެހެންކަމުން ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ވެސް އެ ސަރަހައްދުތަކުން އެއްކޮށް ހުއްޓޭނެއެވެ. 

ޤަތަރު އެއާވޭސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވަގުތީ ގޮތުން ދަތުރުތައް މެދުކަނޑާލައިފައިވާ ކަމަށް ބުނެފައެވެ. އަދި އެމިރޭޓްސްއިން ވަނީ، ދުބާއީއާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް ބުނެފައެވެ.

ފްލައިޓްތައް ކެންސަލްވުމާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ވަނީ ވަރަށް ބޮޑަށް ތޮށްޖެހިފައެވެ. 

ވީއައިއޭގެ މަންޒަރުތަކުން ފެންނަ ގޮތުގައި، އަލަށް ހުޅުވި އިންޓަނޭޝަނަލް ޓާމިނަލް ވަނީ ފަތުރުވެރިންނާއި ދަތުރުވެރިންނާއެކު ފުރި ބާރުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved