March 1, 2026
Advertisement
މޫސާ ޒަމީރު ރައީސް މުއިއްޒާއެކު
މޫސާ ޒަމީރު ރައީސް މުއިއްޒާއެކު / ސޯޝަލް މީޑިއާ

މުދާ އިމްޕޯޓް ކުރަން ރިޒާވްގައި ފައިސާ އެބަހުރިކަމަށްބުނެ ފިނޭންސް މިނިސްޓަރީން ބޮޑު ދޮގެއް

Yana Shareef
ޔާނާ ޝަރީފް
Mar 1, 2026, 01:57 AM

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ވަރަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ފައިސާ އެބަހުރި ކަމަށް ބުނެ، ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފިއެވެ.

Advertisement

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫއަރައި، މުދަލުގެ އަގު އުފުލުމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރިޒާވް މިހާރު ހުރީ މީގެ ކުރިން ދުވަހަކުވެސް މަތިނުވާ މިންވަރަކަށް ކަމަށެވެ.

ނަމަވެސް، މިއީ ހަގީގީ ހާލަތު ފޮރުވުމަށްޓަކައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށް އެސްޓީއޯއާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ބުނާއިރު، ބޭރު ދުނިޔޭގެ އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން ރާއްޖޭގެ މާލީ ނިޒާމުގައި ހުރި ކަމަށް ދައްކަން މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފައެވެ.

ރިޒާވްގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދާ އެތެރެކުރުމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް މިނިސްޓްރީން ބުނި ނަމަވެސް، މިއީ ހާލަތުގެ ނުރައްކާތެރިކަން ކުޑަކޮށް ދެއްކުމަށްޓަކައި ސަރުކާރުން ގަސްދުގައި ހަދަމުންދާ ބޮޑު ދޮގެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ފަތުރުވެރިކަމަށާއި މާލީ ސިޔާސަތުތަކަށް އަންނާނެ ބަދަލުތައް ދިރާސާކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ ކަންބޮޑުވުންތައް އޮބެހެއްޓުމަށް ސަރުކާރުން ދަނީ ތަފާތު އުކުޅުތައް ބޭނުންކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved