March 23, 2026
Advertisement
އިންޑިޔާ ސިފައިން ކުރީގެ މަނަވަރާއެކު
އިންޑިޔާ ސިފައިން ކުރީގެ މަނަވަރާއެކު / އިންޑިއާ އެމްބަސީ

އައްޑޫގައި ތިބި އިންޑިއާ ސިފައިން ފުރައިފި: އެމްއެންޑީއެފް

Aishath Naja
އައިޝަތު ނަޖާ
Mar 12, 2024, 12:55 AM
މާލެ ސިޓީ

އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ސ. ގަމުގައި ބޭނުން ކުރާ އުޅަނދު އެ ގައުމުން ތިބި މަދަނީންނާ ހަވާލުކުރުމަށް ފަހު، އެ މަސައްކަތުގައި މީގެ ކުރިން ހަރަކާތްތެރިވި އިންޑިއާގެ ސިފައިން ފުރައިފި އެވެ.

Advertisement

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އައްޑޫގައި ތިބި ސިފައިން ފުރާފައިވާ ކަމަށާއި މިހާރު އެ މީހުން ތިބީ އިންޑިއާގައި ކަމަށެވެ.

ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކާ ހަވާލުވުމަށް އިންޑިއާއިން ފޮނުވި މަދަނީންގެ ފުރަތަމަ ބެޗު އައްޑޫއަށް އައީ ފެބްރުއަރީ 26، ގަ އެވެ.

އެ ބެޗުގައި ހިމެނެނީ 26 މީހުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

މިކަމުގައި އިންޑިއާއިން މިހާތަނަށް ބުނަމުން އަންނަނީ ރާއްޖެ ފޮނުވީ އެ ގައުމުގެ ޓެކްނިކަލް މީހުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް ދިވެހި ސަރުކާރުގެ އޮފިޝަލުން ދޭ ޖަވާބަކީ އިންޑިއާއިން ފޮނުވަނީ މަދަނީންކަން ކަށަވަރު ކުރާނެ ކަމެވެ.

ނަމަވެސް، އެ ގައުމުން ފޮނުވަނީ މަދަނީންކަން ކަށަވަރުކުރާ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިހާތަނަށް އިންޑިއާއިން ވެސް އަދި ދިވެހި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވެސް މަދަނީން ކަމަށް ބުނާ މީހުންގެ ފޮޓޯ، އަދި ނަން ވެސް ހާމަކޮށްފައިނުވެއެވެ.

މީގެކުރިން އައްޑޫގައި ބޭނުންކުރި ހެލިކޮޕްޓަރު މަރާމާތައް ފޮނުވައި އާ ހެލިކޮޕްޓަރެއްވެސް އިންޑިއާއިން ވަނީ މިދިޔަ މަހު ފޮނުވައިފަ އެވެ.

އާ ހެލިކޮޕްޓަރު ހިފައިގެން އައި އެ ގައުމުގެ މަނަވަރު އައްޑޫގައި ބަނދަރުކުރީ ފެބްރުއަރީ 29، ގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved