March 19, 2026
Advertisement
މާލޭ ސިޓީ
މާލޭ ސިޓީ / ސޯޝަލް މީޑިއާ

މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު: މެޓް އޮފީސް

Aishath Naja
އައިޝަތު ނަޖާ
Mar 12, 2024, 01:01 AM
މާލެ ސިޓީ

މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާޗު އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށެވެ.

އަދި މި ދުވަސްވަރު، ވިލާ މަދުވުމާއި ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވާ ކަމަށް ވެސް އެއިދާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުންވެސް މެޓް އޮފީހުން ބުނީ، މި އަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކޮށްފައިވާ ކަމަށެވެ. އެލްނީނޯ އަހަރަކީ މެދުތެރެއާއި އިރުމަތީ ޓްރޮޕިކަލް ޕެސިފިކް ކަނޑުގެ ސަރަހައްދު ހޫނުވުން، ނުވަތަ ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން އެވްރެޖަށްވުރެ މަތިވާ މަތިވުމަށް ދެވިފައިވާ ނަމެކެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 2:00 ހާއިރު ކަމަށެވެ. ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައްދާނެ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved