May 27, 2026
Advertisement
 އިސްލާމިކް މިނިސްޓަރ, ޒުވާން ޚަތީބުންނާއި އެކީ
އިސްލާމިކް މިނިސްޓަރ, ޒުވާން ޚަތީބުންނާއި އެކީ / އިސްލާމިކް މިނިސްޓްރީ

މި ހުކުރުގައި މާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރު ކުރާނީ ޒުވާން ޚަތީބުން

Aishath Naja
އައިޝަތު ނަޖާ
Mar 12, 2024, 02:51 AM
މާލެ ސިޓީ

މި ހަފްތާގެ ހުކުރު ދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދު ކުރާނީ ޒުވާން ޚަތީބުން ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައި، ބައިވެރިވި ޚަތީބުންނަށް ވަނީ ސެޓްފިކޭޓް ހަވާލު ކޮށްފައެވެ.

މި ޕްރޮގްރާމް މާލޭ ސަރަހައްދުގައި ތިބި ފަރާތްތަކަށް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަތަ ވަނަ ދުވަހާއި ހަމައަށެވެ.

މިނިސްޓަރ، ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހުކުރުގައި މާލޭގެ ބައެއް މިސްކިތްތަކުގައި އެކުދިން ހުކުރު ނަމާދު ކުރާނެ ކަމަށެވެ.

ޒުވާން ޚަތީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާ ވަނީ އިންޓަރވިއުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްނެންގެވުމުގެ މަތިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ/

އަދި ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކޮށްފައިވާ ޕްރޮގްރާމެެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved