June 22, 2026
Advertisement
އެމްޕީއެލްގެ ޑީސީއީއޯ އެ މަގާމުން އިސްތިއުފާދީފި
އެމްޕީއެލްގެ ޑީސީއީއޯ އެ މަގާމުން އިސްތިއުފާދީފި / ކޯޕަރޭޓް މޯލްޑިވްސް

އެމްޕީއެލްގެ ޑީސީއީއޯ އެ މަގާމުން އިސްތިއުފާދީފި

Jun 21, 2026, 01:34 PM
މާލެ ސިޓީ

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުގެ މަގާމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފިއެވެ.

Advertisement

އޭނާ އިސްތިއުފާ ދެއްވާފައިވާކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ހާމަވެފައި ނުވެއެވެ. ޒިޔަތު އިސްތިއުފާ ދީފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުން ޒިޔަތު ވަކިކޮށް، ކުރިން އެމްއޭސީލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން ވަނީ މިދިޔަ މެއި މަހު އައްޔަން ކޮށްފަ އެވެ. އެއާ އެކު، އޭރު ލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ވެސް އައްޔަން ކުރި އެވެ.

ޒިޔަތު އިސްތިއުފާ ދެއްވި ނަމަވެސް، ލަމްއާން ހިމެނޭހެން އެމްޕީއެލްގައި މިހާރު ވެސް ތިން ޑެޕިއުޓީ ސިއީއޯއިން އެބަ ތިއްބެވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved