June 17, 2026
Advertisement
މިއަދު ބަދަލުވަމުންދާ ސިޔާސީ މަސްރަޙުން ލައްކަ އިޙްސާސެއް ޕީޕީއެމް ފިކުރުގެ އަހްލުވެރިންގެ ހަނދާނަށް އަންނާނެ: ޑރ ޖަމީލު
މިއަދު ބަދަލުވަމުންދާ ސިޔާސީ މަސްރަޙުން ލައްކަ އިޙްސާސެއް ޕީޕީއެމް ފިކުރުގެ އަހްލުވެރިންގެ ހަނދާނަށް އަންނާނެ: ޑރ ޖަމީލު / ސޯޝަލް މީޑިއާ

މިއަދު ބަދަލުވަމުންދާ ސިޔާސީ މަސްރަޙުން ލައްކަ އިޙްސާސެއް ޕީޕީއެމް ފިކުރުގެ އަހްލުވެރިންގެ ހަނދާނަށް އަންނާނެ: ޑރ ޖަމީލު

Jun 13, 2026, 03:28 PM
މާލެ ސިޓީ

ރާއްޖޭގައި، މިއަދު ބަދަލުވަމުންދާ ސިޔާސީ މަސްރަޙުން ލައްކަ އިޙްސާސެއް ޕީޕީއެމް ފިކުރުގެ އަހްލުވެރިންގެ ހަނދާނަށް އަންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

 ޑރ ޖަމީލުގެ މާނަ ފުން ޕޯސްޓު ފައްޓަވަމުން ވިދާޅުވެފައިވަނީ، ޕީ އެން އެފް، ޕީޕީއެމް އަދި ޕީއެންސީގެ ވަރަށް ގިނަ ބައެއްގެ ހިތުގެ ވިންދު މިއަދު އަވަސްވާނެ ކަމަށެވެއެވެ.  ނަމަވެސް ވިސްނާލުން މުހިއްމުކަމުުގައި ވިދާޅުވެ ޑރ ޖަމީލު ވަނީ، ކީރިތި ގުރުއާނުގެ އަލް އިސްރާ ސޫރަތުގެ 67 ވަނަ އާޔަތުގައި الله ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނަ ހަނދާނަށް ގެންނަވާ ޑރ ޖަމީލު ވަނީ 4 ކަމެއް ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި،  ޕީޕީއެމް/ ޕީއެންސީއަށް ރިޔާސީ އިންތިހާބުގައި ލިބިގެން ދިޔަ ކާމިޔާބާއެކު ރައީސް ޑރ މުހައްމަދު މުއިއްޒުއާ އަދި އެމަނިކުފާނާ އެކުގައި ތިބި އެހެން މީހުންތައް އަމަލު ކުރީ މާއިދާ ސޫރަތުގެ 67 ވަނަ އާޔަތުގައި ބަޔާންކުރާ ގޮތަށްކަމަށާ، މިއަދު ބަދަލުވަމުންދާ ސިޔާސީ މަސްރަޙުން ލައްކަ އިުސާސެއް ޕީޕީއެމް ފިކުރުގެ އަހްލުވެރިންގެ ހަނދާނަށް އަންނާނެކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިވެރިކަމުގައި ބޮޑަތި ސިޔާސީ މަގާމުތަކުގައާ އެކި ގައުމުތަކުގެ އެމްބަސީތަކުގައި ރާއްޖެ ތަމްސީލުކުރަން ތިބި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީ ފިކުރު ބަލައި ނުގަންނަ މީހުން މިހާރު ތިބޭނީ ސިއްރުން ހޭންކަމަށާ ޕީޕީއެމް/ ޕީއެންއެފް އަދި ޕީއެންސީގެ ސިޔާސީ ފިކުރުގެ ކުރިމަގު ދެންވެސް ކާމިޔާބު ވާނީ ނިޢުމަތަށް ޝުކުރު ކުރާ ބަޔަކާއެކު ކަން ފާހަގަކުރައްވާ ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ އެބަޔަކީ ރައީސް އަބްދުﷲ ޔާމީނާ އެމަނިކުފާނާއެކު ތިއްބެވި ޕީއއެން/ ޕީޕީއެމް/ޕީއެންސީ ފިކުރުގެ އެތަކެއްހާސް ރައްޔިތުންނަށް ކަމަށެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެ، ވަރަށް މާނަފުން ޕޯސްޓެއް ދޫކުރައްވާފައިމިވަނީ، އެމްޑީޕީގެ ބާނޫ ރައީސް މުހައްމަދު ނަޝީދު އެޕާޓީ ދޫކުރައްވާ ވަޑައިގެން އެހެން ޕާޓީއެއް އުފެއްދުމަށް ފަހު ދުވަސް ގަނޑަކަށްފަހު އަނެއްކާވެސް އެނބުރި އެމްޑީޕީއަށް ވަޑައިގެން އެތެރޭގައި ބޭއްބި ފުރަތަމަ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved